ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް އަޅާ ސަރަހައްދު ސާފުކުރުން

މި ރަށުގައި ހައުސިންގ ޔުނިޓް އެޅުމަށް ޓަކައި ރުއްގަހުގެ ބަދަލުދީފައިވާ ސަރަހައްދުގައި ބައެއްފަރާތްތަކުން ދަނޑުވެރިކަން ކުރަމުންދާކަން މި އިދާރާއަށް ވަނީ ފާހަގަ ކުރެވިފައެވެ.

 ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކުން  30 ނޮވެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ސަރަހައްދުން ނިކުތުމަށް އަންގަމެވެ. އަދި މި ދެންނެވި މުއްދަތު ހަމަވުމުން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މި އިދާރާއިން ކުރިއަށް ގެންދާނެކަމަށާއި، ސާފުކުރުމުގެ ތެރޭގައި ތަކެއްޗަށް ލިބޭ ގެއްލުމަށް މި އިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

21 ރަބީޢުލްއައްވަލް 1441 ހ

18 ނޮވެންބަރު 2019 މ

18 ނޮވެންބަރު 2019
ހޯދާ