ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް އެސިސްޓެންޓް ޑިރެކްޓަރަކު ހޯދުމަށް

      މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު.

އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ)

މަޤާމްގެ ނަންބަރު.

J-316297

ބޭނުންވާ ޢަދަދު.

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް.

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން.

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ.އިހަވަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން.

 މުނިސިޕަލް ސަރވިސް ސެކްޝަން.

މުސާރަ.

-/7,035 ރުފިޔާ (ހަތްހާސް ތިރީސް ފަހެއް ރުފިޔާ) (މަހަކު)

ސަރވިސް އެލަވަންސް.

-/2,000 ރުފިޔާ (ދެހާސް ރުފިޔާ) (މަހަކު)

އެހެނިހެން އެލަވަންސްތައް.

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
  5. ޓެކްނިކަލް ކޯ އެލަވަންސް އަސާސީ މުސާރައިގެ %28 ( ޕްރޮޖެކްޓް މެނޭޖުމަންޓް ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާއިން މަތީ ސަނަދެއް ހާސިލްކޮށްފައިވާނަމަ)
  6. ސަޕޯޓިންގ ކޯ އެލަވަންސް 900.00 ( ނުވަސަތޭކަ ރުފިޔާ ) ( ސަޕޯޓިންގ ކޯ އެލަވަންސް  ލިބޭނީ ޓެކުނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަނުވެ ވަޒީފާ ހަމަޖެހޭ ފަރާތްތަކަށެވެ) .

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.

  1. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ޤަވާޢިދާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ބިމާއި ބެހޭ އެންމެހައި ކަންކަން ލިޔެ ބެލެހެއްޓުމާއި، އަދި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިޤްތިޞާދި ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން މިލްކުކުރުމާއި އަދި އެފަދަ ތަންތަން އެހެންފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، އަދި އެ ތަންތަނުގައި އިންވެސްޓުކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ރަށުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތުގެޕުލޭން ހެދުމާއި ޕްލޭނަށް ބަދަލުގެނައުމާއި، އަންނަ ބަދަލުތަކާއެއްގޮތަށް އެކަން ބެލެހެއްޓުމާއި ރަށުތަރައްޤީ ޕްލޭނު ހެދުމަށް އެހީތެރިވުން.
  3. ރަށުތަރައްޤީ ޕްލޭނުގައިވާ މުނިސިޕަލް ޚިދުމަތްތަކުގެ ކަންކަން ޙާސިލްވަމުންދާ މިންވަރު ބަލައި އިސްލާޙުކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެކަންކަން އިސްލާޙުކުރުމާއި، މުނިސިޕަލް ސަރވިސްއާ ގުޅިގެން އާއްމު ކުރަންޖެހޭ މައުލޫމާތު ޢާންމުކުރުން.   
  4. ރަށުގެ މުނިސިޕަލް ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލުން އެކުލަވާލަން ޖެހޭ ޕްރޮޖެކްޓްތަކާއި ޕްރޮޕޯސަލްތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.  
  5. ރަށުގެ ކުނިމޭޖްކުރުމާއި ރަށުގެ މަގުތަކާއި ޢާންމުތަންތަން ސާފުތާހިރުކުރުމާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިވާ ބައްތިތައް ދިއްލައި މަރާމާތުކުރުމާ ގުޅޭ މަސައްކަތްތައް ކުރުމާއި އެ ތަކެތި ބެހެލެހެއްޓުމާއި، ރަށުގެ މުނިސިޕަލް ޚިދުމަތްތައް މެދުނުކެނޑި ދެވޭނެގޮތަށް ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  6. ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި، އެތަންތަނުގައި ހުރި އެންމެހައި ތަކެއްޗާއި، ސަރުކާރާއި ރައްޔިތުންގެ ތަކެތި ބެލެހެއްޓުމާއި އަދި ނީލަން ކިޔަންޖެހޭ ތަކެތި ކައުންސިލްގެ ޖަލްސާއަށް ހުށަހަޅާ ކައުންސިލްގެ ޖަލްސާއިން ނީލަން ކިޔުމަށް ނިންމެވުމުން އެތަކެތި ނީލަން ކިޔުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުން.  
  7. ކައުންސިލުން ހިންގާ މުނިސިޕަލް ސަރވިސް އާއި ގުޅުންހުރި އެންމެހައި ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަން ކަމާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓް ތައްޔާރުކުރުކޮށް، މުއްދަތު ހަމަވުމުގެ ކުރިންފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމާއި އަދި މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ދިނުން.
  8. އެކިއެކި ކަންކަމަށް ހޯދަންޖެހޭ ބިމާއި ގުޅޭގޮތުން ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ދިނުމާއި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދާއެއްގޮތަށް އެކިކަންކަމަށް ބޭނުން ކުރަންޖެހޭ ބިންތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ވަގުތީ އަދި ދާއިމީ ގޮތެއްގައި، ރަށުން ކުއްޔަށް ދޫކުރާ ބިންތައް އެގުރިމެންޓްކޮށް ކުއްޔަށް ދޫކުރުމާއި އެ ބިންބިމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އަދި އެތަންތަނުގައި އެގްރިމެންޓާއި ޚިލާފަށް އެއްވެސް ކަމެއް ހުރިނަމަ ނުވަތަ ކުރަމުން ގެންދާނަމަ އެކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ރަށްވެހިންގެ ރަޖިސްޓަރީއާއި ވިހާ، މަރުވާއާއި، ރަށުގައި ދިރިއުޅޭ ބިދޭސީންނާއި، ދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
  11. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމާއި، ރުއްގަސް އިންދުމަށް ހުއްދަ ދިނުމާއި ރުއްގަހުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުމާއި، ޤަވާޢިދާއި ޚިލާފަށް އިންދާ ރުއްގަހާއި ބެހޭ މައްސަލަ ބަލައި ފިޔަވަޅު އެޅުން.
  12. ރަށުގެ ވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރަށުތެރެ ފެހި ކުރުމާއި ޕާކުތައް ބެލެހެއްޓުމާއި އެފަދަ ތަންތަނުގައި ބަގީޗާގަސްތައް އިންދާ ހެއްދުމާއި ސަރުކާރާއި ރައްޔިތުންގެ ގޯތިތައް ޒީނަތްތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.  
  13. މުނިސިޕަލް ސަރވިސް ޝެކްޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި ހުކުރު، ޢީދު، ކޭތަނަމާދާއި، އިސްތިސްޤާ ނަމާދު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެކަންކަން އިންތިޒާމްކޮށް އެކަންކަން ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  14. ރަށުގެ ބަނދަރާއި، ރަށުގެ ގޮނޑު ދޮށާއި، ރަށުތެރެއާއި، ރަށުގެ މަގުތަކާއި، ގޯތިތައް ސާފުކުރުމާއި، ބެހޭ ކަންތައްތައް ބެލެހެއްޓުމާއި، އަދި ގޯތި ގޯއްޗާއި މަގުމަގަށް އަރާ ރުއްގަސް ކެނޑުމާއި ބެހޭ އެންމެހައި ކަންކަން ކުރެއްވުމާއި އެފަދަ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުން.
  15.  ގޯތި ގޯތީގެ އިމާއި ގުޅޭ މައްސަލަތައް ބެލުމާއި، ބައިކުރަންޖެހޭ ގޯތިތައް ބައިކުރުމާއި، އަމިއްލަ ކުރަން ބޭނުންވާ ބިންތައް އަމިއްލަ ކުރުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.  
  16. ރަށުގެ ބަނދަރުގައި ޤަވާއިދާއި ޚިލާފަށް އޮޑި ދޯނި ފަހަރު އެޅުމާއި، ރަށުގެ ބަނދަރުގެ ވާޓަރާއި އެނޫންވެސް ތަންތަނުގައި ޤަވާޢިދާއި ޚިލާފަށް ތަކެތި ބެހެއްޓުމާއި، ވެހިކަލްފަދަ ތަކެތި ޤަވާޢިދާއި ޚިލާފަށް ޕާކު ކޮށްފައިވާނަމަ އެކަންކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލަ ޙައްލު ކުރުން.
  17. ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ރަށުގެ ބިމުގެ ބޭނުން ކުރާ ފަރާތްތަކުގެ މައްސަލަތައްބަލައި އެފަދަ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  18. މަސްކަޑަތައް ސާފުކޮށް ބެލެހެއްޓުމާއި އަދި ރަށުގެ އިޙްތިޞާޞް ހިމެނޭ ސަރަޙައްދުގައި އޮންނަ ވެހިމަސް ޤަވާއިދާއި ޚިލާފަށް ބޭނުމާއި، ހިފުމާއި، ކިރިއްސާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމާއި އެކަންކަން ވަގުތުން ހުއްޓުވުން.
  19. މުނިސިޕަލް ސަރވިސް ސެކްޝަނުން އެކިފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދައާއި އެކަމާގުޅޭ ތަކެތި  ދޫކުރުމާއި، ރަށުގެ ޤަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންތައްތަކާއި، ނުކުޅެދޭ މީހުންނާއި، ދޮށީ ޢުމުރުފުރައިގެ މީހުންނާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުން.
  20. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.

 މަޤާމުގެ ޝަރުޠުތައް.

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި ( މުނިސިޕަލް ސަރވިސް ނުވަތަ ޕްރޮޖެކްޓް މެނޭޖުމަންޓުގެ ދާއިރާއިން ) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް.

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި،

35

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

85

35

30

35

 

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު.

30

5

 

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

 

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ.

28

15

15

 

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

           

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 26  ވާ އަންގާރަ  ދުވަހު ގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:      [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019ނޮވެމްބަރ 27 އާއި 2019ނޮވެމްބަރ 28 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން.

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ނޮވެންބަރު 2019
ހޯދާ