ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އުތީމް ޞިއްޙީމަރުކަޒުގެ ކަރަންޓް ވައިރު ތްރީފޭސްއަށް ބަދަލުކޮށް ޑީބޯޑް ބަދަލުކުރުމާއިއެކު އަލުން ވައިރުކުރުމާއި ބެހޭ

އިއުލާން

 

ހއ އުތީމް ޞިއްޙީމަރުކަޒުގެ ކަރަންޓް ވައިރު ތްރީފޭސްއަށް ބަދަލުކޮށް ޑީބޯޑް ބަދަލުކުރުމާއިއެކު އަލުން ވައިރުކުރުން:

 

           ހއ އުތީމް ޞިއްޙީމަރުކަޒުގައި މިހާރު ޤާއިމްކޮށްފައިވާ ސިންގަލްފޭސް ކަރަންޓްވިއުގަ ނެގުމަށްފަހު އަލުން ތްރީފޭސް ޑީބޯޑަށް

ބަދަލުކުރުމާއިއެކު މިމަރުކަޒުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ކަރަންޓް ވައިރުކުރުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ނޮވެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު

ސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރ 2019ވާ ބުދަ ދުވަހުގެ 10:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ

ދެންނެވީމެވެ.

18 ނޮވެންބަރު 2019
ހޯދާ