ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

 

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-317741

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/5610ރ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސަޕޯޓިންގ ކޯ އެލަވަންސް: -/700 (ހަތްސަތޭކަ) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ ވެރިޔާ ޙަވާލުކުރާ މައްސަލަތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން
  2. ވިޔަފާރި ރަޖިސްޓަރީކުރުމާއި، ބިޒްނަސް ނޭމް އާއި ލޯގޯ ރަޖިސްޓަރީ ކުރުމުގެ މަސައްކަތްކުރުން.
  3. ޓްރޭޑްމާކް ،ޝިޕިން މާކް، ކޮންސައިނީ ބަދަލުކުރުމާއި އަދި ވިޔަފާރި ހުއްދަ ބާތިލްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ވިޔަފާރި ކުރުމަށާއި ގެދޮރު އެޅުމަށް ދޫކުރާ ލޯނަށް އެދޭފަރާތްތަކުގެ މައްސަލަތައް ހިންގުން.
  5. ރަށުގެ ވިޔަފާރިތަކާއި ގުޅިގެން ކައުންސިލުން ނިންމާ ކަންތައްތައް ކުރުމާއި ރަށުގައި ހިންގާ ވިޔަފާރިތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގެ މަސައްކަތްކުރުން.
  6. އެކިބާވަތުގެ ވިޔަފާރިތައް އެނގޭނެހެން ވިޔަފާރިތަކުގެ ދަފްތަރު ބެލެހެއްޓުން.
  7. ކާޑުގެ ބާވަތްތައް ވިއްކަނީ ކަނޑައަޅާފައިވާ އަގަށްތޯ ބެލުމާއި އެ ފަދަފަރާތްތަކަށް ޢާއްމުކޮށް ވިއްކަންޖެހޭ އަގު އަންގައިދިނުން.
  8. ރަށުގައި ކާޑުގެ ބާވަތްތައް ހުންނަމިންވަރު ބެލުމަށް މަހަކު އެއްފަހަރު ކާޑުގެ ބާވަތްތައް ހުރި މިންވަރު ބަލާ ރެކޯޑްކުރުމާއި ގޭހާއި ކާޑުގެ ބާވަތްތައް ރަށަށް ގެންނަންޖެހޭނަމަ އެކަމާގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  9. ވިޔަފާރިކުރާ ތަންތަން ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދުމުން ހުއްދަދިނުމަށް ޤަވާޢިދާ އެއްގޮތަށް ތަން ތައްޔާރުވެފައި ވޭތޯބެލުމަށް ޢިމާރާތްތައް ޗެކްކުރުން.
  10. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅިގެން އަންނަ މައްސަލަތައް ކުރިއަށް ގެންދިއުން.
  11. މިނެ ކިރާތަކެތީގައި ސިއްކަޖަހާފައިވޭތޯ ބެލުން.
  12. މުދާ ވިއްކާތަންތަނާއި ޚިދުމަތްދޭތަންތަނުން ޚިދުމަތްދެމުން ގެންދަނީ ނުވަތަ މުދާ ވިއްކަމުންދަނީ މުދާގަންނަ ފަރާތްތަކާއި ޚިދުމަތްލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤާވާޢިދާއި އެއްގޮތަށްތޯ ބަލާ ޤާނޫނާ ޤަވާޢިދާ ޚިލާފުވެފައި ވާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މައްސަލަތައް ކުރިއަށް ގެންދިއުން.
  13. އެކަނިވެރި މައިން ބަފައިންނާ ،ދަރިންނާ، އަދި 65 އަހަރުގެ މީހުންނަށް ދައުލަތުގެ އެހީ ހަމަޖައްސައި ދިނުމަށް ލިޔުމާއި އެމީހުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި އަދި ކުއްލިގޮތުގައި ސަރުކާރު އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރު އެހީ ހޯދުމަށް ލިޔުން.
  14. ޖީއެސްޓީއާއި ޓެކްސް ނެގުމާ ގުޅޭގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  15. ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީޒް ދިނުމާ ގުޅޭ އުސޫލުތައް އަންގައިދިނުމާ ސަބްސިޑީޒްގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. އުމުރުން 65 އަހަރުވެފައިވާ އިސްރަށްވެހިންގެ ދަފްތަރު ބެލެހެއްޓުމާއި އެފަރާތްތަކުގެ ސޯޝިއަލް ސެކުއުރިޓީއާ ގުޅިގެން އަންނަ މައްސަލަތަކުގެ މަސައްކަތް ކުރުން.
  17. އިދާރާއިން ކުރިޔަށް ގެންދާ ޚާޢްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ރަސްމީ މަސައްކަތާގުޅިގެން އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމަށް އިދާރާއިން ޙާޟިރުވުމަށް އަންގާ ގަޑިތަކަށް ޙާޟިރުވެ އެމަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން
  • ލިބިފައިވާ ހުނަރަށް ބަލައިގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ 1 އިން ޑިސެމްބަރ 5 އާ  ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

17 ނޮވެންބަރު 2019
ހޯދާ