މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި: / (މުއްދަތު)

ވަގުތީ (06 މަސް)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ދިއްފުށި ކައުންސިލް އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިން ކޯ އެލަވަންސް
  2.  ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3.  ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ އެލަވަންސް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1.  ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސް މުވައްޒަފުންނާއި އިދާރާގައި ސޮއިކުރައްވާ ހުރިހާ މުވައްޒަފުންގެ ޙާޟިރީ ލިޔެ ޗެކުކޮށް ބެލެހެއްޓުމާއި، ޙާޟިރީއާއިބެހޭ ހުރިހާ ލިޔެކިޔުމަކާއި ރިޕޯޓަތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެގެއްޓުން.

     

  1. ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސް މުވައްޒަފުންނާއި އިދާރާގައި ސޮއިކުރައްވާ ހުރިހާ މުވައްޒަފުންގެ ޗުއްޓީއާއިބެހޭ ހުރިހާ ލިޔެކިޔުމަކާއި ރެކޯޑްތައްލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.
  2. މުވައްޒަފުންގެ ވަޒީފާބަޔާންތަކާއި، މަސައްކަތުގެ ފެންވަރުބަލާ ފޯމުތަކުގެ އިދާރީ މަސައްކަތްތައްކޮށް ބެލެހެއްޓުން
  3. ކައުންސިލް އިދާރާގެ މުވައްޒަފުންނާ ބެހޭގޮތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ނޯޓު، ރިޕޯޓް ފަދަ ތަކެތި އަމިއްލައަށް ޢިބާރާތްކޮށްގެން ލިޔެ ފޮނުވުމާއި ލިބޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައްކުރުން.
  4. ކޮންޓްރެކްޓް އުޞޫލުންނާއި ވަގުތީގޮތުން ކައުންސިލްގެ އިދާރާއިން ގެންގުޅެންޖެހޭ ހުރިހާ ފަރާތަކާބެހޭ އިދާރީ ހުރިހާކަމަކާއި ލިޔެކިޔުމެއްލިޔެ ބެލެހެއްޓުން.
  5. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ފައިސާގެ މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުމާއި ފައިސާގެ މަސައްކަތްކުރާ މުވައްޒަފުކު ނެތް ވަގުތުތަކުގައި ފައިސާގެ މަސައްކަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާޢިދު ގައިވާގޮތުގެމަތިން ކުރުން.
  6. ކައުންސިލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށްލިޔެ ސޮއި ކުރުވާ ފައިލްކޮށް ބެލެހެއްޓުން.

މީގެ އިތުރުންވެސް ރަށު ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒިފާއަށް އެދޭފޯމް. (މި ފޯމް މި ކައުންސިލުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާޔަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާޔަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒިފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ
  2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ

މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  2019 ނޮވެމްބަރ 25 އާއި 2019 ނޮވެމްބަރ 26 އާއި ދެމެދު މާލެއަތޮޅު ދިއްފުށި ކައުންސިލް އިދާރާއިން ކަނޑައަޅާތަނެއްގައެވެ. 

ޝޯޓް ލިސްޓްކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢްލާނާއި ގުޅޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6640071 ނަމްބަރ ފޯނާއިއެވެ. އީ.މެއިލް ކުރާނީ  [email protected]  އަށެވެ.

 

14 ނޮވެމްބަރ 2019

14 ނޮވެންބަރު 2019
ހޯދާ