ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން.

2020 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން.

          2020 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް  ބޭނުންވެއެވެ.

               ވީމާ، އެޕާޓްމަންޓް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި  ދުވަހުގެ 13:30 އަށް  ބީލަން ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

            އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި  "2020 ވަނަ އަހަރު ނާލާފުށީ ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށްއެދި"  މިހެން ލިޔެފައި އޮންނަން ވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފާރާތްތަކުން، ރަސްމީ ގަޑީގައި މި ސްކޫލްގެ 7952907 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

      17 ރަބީޢުލްއައްވަލް 1441

      14 ނޮވެމްބަރ 2019 

 

14 ނޮވެންބަރު 2019
ހޯދާ