މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސްކޫލް ތަކަށް ހުޅުވާލާ ކުއިޒް މުބާރާތް

2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މާލެސިޓީ، ވިލިމާލެ އާއި ހުޅުމާލޭ ސިޓީގެ ސެކަންޑްރީ ސްކޫލްތަކަށް އަމާޒުކޮށްގެން ކުއިޒް މުބާރާތެއް ބޭއްވުމަށް ގަސްދުކުރަމެވެ.

މިކުއިޒް މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  ދިވެހިރާއްޖޭގެ އަޑުން (ރެކޯޑެޑް ޕްރޮގްރާމް) ބްރޮޑޯކާސްޓްކޮށް އަދި ކުއިޒް ގެ ފައިނަލް (ރިކޯޑެޑް ) ޕްރޮގްރާމް ޓީ.ވީ. މޯލްޑިވްސް އިން  ދައްކާގޮތަށެވެ. 

މިމުބާރާތުގައި ކޮންމެ ސްކޫލަކުން 5 ދަރިވަރުންގެ މައްޗަށް އެކުލެވޭ ޓީމެެއް ބައިވެރި ކުރެވިދާނެއެވެ.  ޓީމް ލިސްޓްގައި ހިމަނަންވާނީ ގްރޭޑް 7 އިން 9 އާއި ދެމެދުގެ ދަރިވަރުންނެވެ. ޓީމު ލިސްޓްގައި ދަރިވަރުގެ ނަމާއި ، 2019 ވަނަ އަހަރު ކިޔަވަމުންދާ ގްރޭޑް އަދި ދިވެހި ރައްޔިތެެއްކަން އަންގައިދޭ ކާޑު ނަމްބަރު ހިމެނުއްވުން އެދެމެވެ. މީގެ އިތުރުން، ސްކޫލުން ޓީމު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވާނޭ ފަރާތެއްގެ ނަމާއި ގުޅޭނޭ ފޯނުނަންބަރު ވެސް ޓީމު ލިސްޓްގައި ހިމެނުމަށް ދަންނަވަމެވެ.

މިމުބާރާތުގައި ބައިވެރިވާން އެދޭ މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭ ސުކޫލްތަކުން، ކުއިޒްގައި ސްކޫލް ތަމްސީލް ކުރާ  ދަރިވަރުން ގެ ޓިމް ލިސްޓް 17 ނޮވެމްބަރ  2019 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ކުރިން، ސްކޫލްގެ ރަސްމީ ލެޓަރ ހެޑްގައި، ތިރީގައިމިވާ  އީމެއިލް އެޑްރަހަށް  ފޮނުއްވުން އެެދެމެވެ.

 [email protected]  

މުބާރާތާ ގުޅޭ  އިތުރު މައުުލޫމާތު ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 3339240 އާއި ގުޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2019
ހޯދާ