ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޮލިޓެކްނިކް އިން 2020 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭ

މޯލްޑިވްސް ޕޮލިޓެކްނިކް އިން 2020 ވަނަ އަހަރު ޖަނަވަރީ އިންޓޭކްގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށް އެކޮލެޖުންވަނީ އަންގަވާފައެވެ. ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ.  ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ކެމްޕާސްތަކުން ލިބެންހުންނާނެއެވެ.

ވީމާ، މިކޯސްތަކުގައި ބައިވެރި ވުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މޯލްޑިވްސް ޕޮލިޓެކްނިކްގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުމަށް އެކޮލެޖުން އަންގަވާފައިވެއެވެ. ކޯސްތަކާއި ބެހޭ އިތުރު މަޢްލޫމާތު ހޯދެއްވުމަށް 3305404 ގުޅުއްވުން އެދެމެވެ.  މިކޯސްތަކާއިބެހޭ އިތުރު ތަފްޞީލް، މަޢްލޫމާތު ހިމެނޭ ކަރުދާހެއް މިއިޢްލާނާ އެކު އެވަނީއެވެ.  

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

15 ރަބީއުލްއައްވަލް 1441

12 ނޮވެންބަރު 2019

12 ނޮވެންބަރު 2019
ހޯދާ