ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

               މި ރަށުގައި އައުޓްޑޯރ ޖިމެއް ގާއިމްކުރުމަށް ކަނޑައެޅިފައިވާ ބިމުގައި (ނަރުދަމާ އޮފީސް ގާއިމްކުރާ ބިމުގެ އިރުން އޮތް ބިން) ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ކުރެވުނު ނަންބަރު (IUL)408-ESMS/408/2019/30 ޢިއުލާނާ ގުޅިގެން ރުއްގަހުގެ މިލްކުވެރިކަމާމެދު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވެއެވެ.

               ވީމާ، އެ ސަރަހައްދުގައި ހުދުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއްގެ މިލްކުވެރި ފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއް ނުވަތަ ގަހެއްގައިވާ ނަންބަރު އެނގޭގޮތަށް  19 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުތެރޭގައި މިލްކުވެރިކަމާމެދު ހުށަހަޅާފައިނުވާ އެއްވެސް ރުކެއް ނުވަތަ ގަހެއްވާނަމަ، އެ ރުކެއް ނުވަތަ އެގަހެއް ބަލާނީ ބަންޑާރަ ރުއްގަސް ކަމުގައެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.

12 ނޮވެންބަރު 2019
ހޯދާ