ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިޔާލުހުށަހެޅުމަށް ދެންނެވުން.

އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން ލިބިދޭ ބާރުގެދަށުން، ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން އެކުލަވާލައި ޤާނޫނީ ބާރު ލިބިފައިވާ، ތިރީގައި ދަންނަވާފައިވާ 2 ޤަވާޢިދުގެދަށުން އެކުލަވާލި އުޞޫލުދެ ދެލިކޮޕީ މި އިޢުލާނާއެކު ޢާއްމުކުރަމެވެ.  

  1. ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ، ނަމްބަރު: 2014/R-114 ޤަވާޢިދުގެ 7 (ހަތެއް) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލުގެ ދެލިކޮޕީ
  2. ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ، ނަމްބަރު: 2014/R-105  ޤަވާޢިދުގެ  21 (އެކާވީސް) ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި އުޞޫލުގެ ދެލިކޮޕީ

ވީމާ، 2019 ނޮވެންބަރު 21 ވަނަ ދުވަހުގެ 12:00 ގެކުރިން މި 2 އުޞޫލަށް އިޞްލާޙު ހުށަހެޅުއްވުން އެދެމެވެ. 

 

15 ރަބީޢުލްއައްވަލު 1441

12 ނޮވެންވަރު    2019

12 ނޮވެންބަރު 2019
ހޯދާ