ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
12 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2019

2019 ނޮވެމްބަރު 21 ން 2019 ނޮވެމްބަރ 30 ށް ބޭއްވުމަށް ތާވަލް ކުރެވިފައިވާ 12 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވަނީ ސަރުކާރު ބަނދުދުވަހަކަށްވާތީ ފޯމު ހުށައެޅުމުގެ މުއްދަތު 12 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކޯށްފައިވާކަން ދަންނަވަމެވެ.

 

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު: 

- އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެއެވެ.

 

އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުގެތާރީޚް: 

- 12 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:00 ން 16:00 ށް، މި އެސޯސިއޭޝަންގެ ނަމްބަރު 3314057 ފޯނަށް ގުޅުއްވުން އެދެމެވެ. މި މުބާރާތްތަކާބެހޭ އިތުރު މަޢުލޫމާތު ކުރިއަށްހުރި ދުވަސްތަކުގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

10 ނޮވެމްބަރު 2019

10 ނޮވެންބަރު 2019
ހޯދާ