މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                          އިޢުލާންނަންބަރު:IUL)MMPRC-HR/1/2019/82)

 

                                    ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ޑެޕިއުޓީ ޑިރެކްޓަރ

މުސާރަ (މަހަކު) : -/11,400 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް-/3,800 ރުފިޔާ މަހަކު

ޑެއިލީ އެލަވެންސް: -/3,800 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

   1 - ޝަރުޠު:

   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރި/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު:

   ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ)

   ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ)

   ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 2 - މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ޕްރޮކިއުމަންޓް ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެމަތިން ރާވާ ކުރިއަށް ގެންދިއުން.

- ކޯޕަރޭޝަންގައި ހިންގޭ އެކިއެކި ފެއަރ، ރޯޑްޝޯވ އަދި އެހެނިހެން އިވެންޓްތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް، ސެކްޝަންތަކުގެ އިސްފަރާތް ތަކުގެ ލަފާގެ މަތީން ހަރުދަނާ ކަމާއި އެކު ކުރިއަށް ގެންދިއުން.  

- ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ބަޖެޓް އަދި މާކެޓިންގ ޕްލޭންއަށް ޕްރޮކިއުމަންޓުން ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ހުށައެޅުމުގެ އަމަލީ މަސައްކަތްކުރުން.

- މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި އާރް. އެފް.ޕީ ތައް މެނޭޖްމަންޓުގެ ލަފާގެ ދަށުން ތައްޔާރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.

- މިކޯޕަރޭޝަނުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މެޓީރިއަލްސް ފޮނުވަންވާ ދުވަހަށް ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުން ކޮންމެ އަހަރަކު ތައްޔާރުކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސް ސެކްޝަން ހެޑްގެ ލަފާގެ ދަށުން ނިންމަންޖެހޭ މުއްދަތަށް ނިންމުމުގެ އަމަލީ މަސައްކަތް ކުރުން.

- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

3 - ފޯމް ފޮނުވަންވީ ތާރީޚާއި ތަން: 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އ.

  :ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

 އިތުރު މަޢްލޫމާތު

  • ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯދުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މި ލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

06 ނޮވެންބަރު 2019
ހޯދާ