މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒު މިހާރުހުރި ބިމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރާތުގެ ކުރެހުންތައް ކުރަހާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާތިލުކޮށް އަލުން ބިޑް ހުށަހެޅުމަށް ހުޅުވާލުން: އިޢުލާންގެ ވަނަ: 2

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު މިހާރު ހުރި ބިމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިން، ބީއޯކިއު އަދި ކުރެހުންތައް މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރަހައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)142-A1/142/2019/38 އިޢުލާނަށް ހުށަހެޅިފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރިބިޑް މީޓިންގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:30 އަށެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

06 ނޮވެމްބަރ 2019 ން ފެށިގެން 13 ނޮވެމްބަރ 2019 ގެ 12:00 އަށް

ޕްރި ބިޑްމީޓިން

މިނިސްޓްރީގެ މީޓިންގރޫމް 1

13 ނޮވެމްބަރ 2019 ގެ 13:30 ގައި

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 1

18 ނޮވެމްބަރ 2019 ގެ 13:00 ގައި

 

 

       މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 13:30 އަށެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

       އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 ފޯނަށެވެ.

06 ނޮވެންބަރު 2019
ހޯދާ