މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-222724

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ، ރ. މާކުރަތު

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް ޔުނިޓު (ޔުނިޓް ބީ)

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް

1-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް.

2-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއަށް ލިބޭ ތަކެތި ބަލައިގަނެ އެ ތަކެތި ހުޅުވައި އެންޓްރީކޮށް، ޖަވާބު ފޮނުވަންޖެހޭ ލިޔެކިއުންތަކުގެ ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ޢާންމު އިޢުލާން، ދެންނެވުންތައް ތައްޔާރުކޮށް ޢާންމުކުރުން، އަދި އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮތުގައި ލިޔެ ފޮނުވުން.

2. ލިޔެކިޔުންތައް ފައިލުކޮށް ފައިލިންގް ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި، އެ ބޭނުންވާ ޔުނިޓަކަށް ހަވާލުކުރުން.

3. ޔުނިޓުތަކަށް ބޭނުންވާ ލިޔެކިއުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔުންތައް ބައިންޑް ކުރުމާއި، ޖެމްސް / މެއިލް ކުރަންޖެހޭ ތަކެތި މެއިލްކުރުން.

4. ކައުންސިލްގެ އިދާރާއަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި ރަގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯނު ކޯލުތައް ޕާސްކުރުން.

5. ކައުންސިލްގެ އިދާރާއަށް އަންނަ މެޙްމާނުންނަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި އިޙްތިރާމާއެކު މަރުޙަބާ  ކިޔުމާއެކު އެމީހަކު ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުވުމުގެ އިންތިޒާމު ހަމަޖެއްސުން. އަދި އެމީހަކު އައިބޭނުމަކާއި ގުޅޭގޮތުން ކަމާބެހޭ ޔުނިޓުތަކަށް އެންގުން.

6. ޔުނިޓުތަކަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި ބެލެހެއްޓުން.

7. މާލިއްޔަތު ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތީން ކަނޑައެޅިފައިވާ އުޞޫލުން ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތާގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

8. މަހުންމަހަށް، އަހަރުން އަހަރަށް، ދުވަހުން ދުވަހަށް ފޮނުވަންޖެހޭ އެކިއެކި ރިޕޯޓްތައް ފޮނުވަންޖެހޭ މުއްދަތުގައި ޤަވާޢިދުން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.

9. ދުވަހު ޔައުމިއްޔާއާއި، މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަމުން ގެންދިއުން.

10. ސެކުޝަންގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ނުވަތަ ރަސްމީ ދަތުރެއްގައި ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެމަސައްކަތްކުރުން.

11. އޮފީހުން ހަމަޖައްސާ އުސޫލެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.

12. ހުކުރު، ޢީދު އަދި ކޭތަ ނަމާދަށް ދެންނެވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

13. ޢާއްމުކޮށް ރައްޔިތުންނަށް ކައުންސިލުން އަންގަންޖެހޭ ކަންކަން އެންގުން.

14. އެކިއެކި ޔުނިޓުތަކަށް ފޮނުވަންޖެހޭ މެމޯ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް           ޔުނިޓުތަކާއި ޙަވާލުކުރުން، ފުރަންޖެހޭ ފޯމުތައް ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ފުރުން.

15. ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

16. ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައްކުރުން

17. ކައުންސިލް އިދާރައިގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވޯކްޝޮޕްފަދަ ކަންކަމާގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން އިންތިޒާމް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން 

18. ޔުނިޓުގެ އެހެން މުވައްޒަފުން ޙާޟިރު ނުވާ ދުވަސްތަކުގައި އެމުވައްޒަފުންގެ މަސައްކަތްތައް ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުން.

19. ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމާއި     ޖަވާބުދާރީވުން.

20. އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގޭ ހަރަކާތްތަކާއި ބޭއްވޭ ޙަފުލާތަކާއި ފާހަގަ ކުރެވޭ މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލު' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

 

40

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހުންގެ ކްރެޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 ނޮވެމްބަރ 2019 އާއި 24 ނޮވެމްބަރ 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009831، 4009833 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

07 ރަބީޢުލްއައްވަލް 1441

04 ނޮވެންބަރު 2019
ހޯދާ