މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އިމާމު / މުދިމް

މަގާމުގެ ގިންތި:

ވޭޖު އެންޕްލޯއީމެންޓް

އޮފީސް / އިދާރާ:

މިނިސްޓްރީ އޮފް އިސްލާމިކު އެފެއަރޒް

ޔުނިޓް :

އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭތަން:

ކޮޅުފުށީ މިސްކިތްތައް

ބޭނުންވާ ޢަދަދު:

01 (އެކެއް)

އިމާމު / މުދިމް މަޤާމުގެ ރޭންކްތަކާއި، ކްލެސިފިކޭޝަންއާއި މުސާރައާއި އެލަވަންސް އަދި ޝަރުޠު:

މަޤާމާއި ރޭންކް:

އިމާމު / ޖީއެސް 2 ، 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ·މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ·ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ·ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

މުސާރަ އާއި ސަރވިސް އެލަވަންސް

 

މުދިމް

ޝަރުތު ހަމަވާ ( ޤުރުއާން ރީއްޗަށް ކިޔަވަން އެގުން، ބަންގި ގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން)

53.00 ކޮންމެ ނަމާދު ވަގުތަކަށް.

އިމާމް

ޝަރުތު ހަމަވާ

61.00 ކޮންމެ ނަމާދު ވަގުތަކަށް.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކޮންމެ ނަމާދުވަގުތަކަށް މިސްކިތައް  ޙާޟިރުވެ  މިސްކިތުގެ  ކަންތައްތައް  ބަލާ  ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި  ގޮވުމާއި އިމާމުވެ ނަމާދުކުރުން.

2- މިސްކިތައް ލިބެމުންދާ  ގެއްލުންތަކާއި  ދަތިވާ ކޮންމެ ކަމެއް ރަށުކައުންސިލް އިދާރާއަށް އަންގައިގެން އެކަން ރަނގަޅުކުރެވޭތޯ ބެލުން.

3- ރަމަޟާންމަހު އިމާމުވެ ތަރާވީޚް ނަމާދުކުރުން                         

4- މިސްކިތު ސައުންޑް ސިސްޓަމް  ބެލެހެއްޓުމާއި ސިސްޓަމަށް  މައްސަލައެއް  ދިމާވެއްޖެނަމަ އެކަން  ކައުންސިލް އިދާރާއަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.

 5- ރަށު ކައުންސިލުން އަންގަވައިފި ހިދެއްގައި  މިސްކިތުގައި  ކުރަންޖެހޭ  ކަށުނަމާދު ކުރުމާއި މަރުވާ  މީހުންގެ  ކަށުކަމާކެމީގެ ކަންތައް ކުރުމާއި އިމާމުވެ ކޭތަނަމާދު  ކުރުން.

6- މިސްކިތުގައި މަސައްކަތުމީހުން  މަސައްކަތްކުރާ ނުކުރާގޮތްބަލާ ރަށު ކައުންސިލް  އިދާރާއިން އަންގާ  ގޮތެއްގެމަތިން އެމީހުން ލައްވާ މަސައްކަތްކުރުން

8- މިސްކިތަކާ ޙަވާލުވެފައިވާ އިމާމުން 13:00 ގެ ކުރިން ސޮއި ކުރަންވާނެވެއެވެ.

9- މިސްކިތު މަސައްކަތުމީހާ  ޙާޟިރުނުވާ  ވަގުތެއްގައިނަމަ މިސްކިތު އިމާމު / މުދިމް ނަމާދުކޮށް  ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވާލުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

10- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕޮރޮގްރާމްތައް ހިންގާނަމަ  އެފަދަ ޕޮރްގްރާމްތަކަށް ބޭނުންވާއެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

11- މިސްކިތާއިބެހޭ  ގޮތުން  ރައްޔިތުންކުރާ  ޝަކުވާގެ  އަޑުއަހާ  އެޝަކުވާތައް   ރަށު ކައުންސިލްއިދާރާއަށް  ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.    

12- ރަސްމީ މަސައްކަތާއިގުޅޭގޮތުން މިސްކިތުގައި ކުރުމަށް ޙަވާލުކުރާ އެންމެހާ ކަންތައްތައްކުރުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދިވެހި ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.

މި މަޤާމަށް މީހަކު ހޮވުމަށްކުރާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚްމިއިދާރާއިން ލިޔުމުން އަންގާނަމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 12 ނޮވެމްބަރ 2019 ދުވަހު 12:00ގެ ކުރިން މިއިދާރާއަށް މަތީގައިވާ ލިޔުންތަކާއި އެކު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް،ފޯމްމިއިދާރާއިންނާއި ސިވިލް ސަރވިސްގެ ވެބުސައޓުން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ސްކޫލްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާގު ހުރިގޮތް ބަޔާންކުރާ ފޯމް."

                މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6720606 ނަމްބަރު ފޯނާއި ގުޅުއްވުންއެދެމެވެ. އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް [email protected]އެޑުރެހަށެވެ.

                07 ރަބީޢުލް އައްވަލް  1441ހ

                04 ނޮވެމްބަރ      2019މ

04 ނޮވެންބަރު 2019
ހޯދާ