ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ

މަޤާމް :އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި 'ޔުނިވިޔަ ހޯލްޑިންގސް' އަށް، މަސައްކަތަށް ޤާބިލް އަދި ހީވާގި މުވައްޒަފުން ހިމެނޭ ޓީމެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެޑްމިން އެންޑް ފައިނޭންސް މެނޭޖަރ

މުސާރައާއި އެލަވަންސް:

17,000 ރުފިޔާ

ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

  • ކުންފުނީގެ ބަޖެޓު ތައްޔާރުކުރުމާއި ފޯކާސްޓްތައް ތައްޔާރުކޮށް މޮނިޓަރކުރުން.
  • އެކައުންޓްސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާކަމެއް ކުންފުނީގެ ފައިނޭންޝަލް މެނޭޖްމަންޓް މެނުއަލާއި އެއްގޮތަށް ހިންގައި ބެލެހެއްޓުން.
  • ކުންފުނީގެ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ  ވަގުތުތަކަށް ނިންމުން.
  • ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި، މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭ ގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  • ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި އެއްބަސްވުންތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން.
  • ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.
  • ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ތަފާތު ރިޕޯޓުތައް އެކުލަވާލުން.
  • އެޑްމިނިސްޓްރޭޝަން ޑިޕާރޓްމެންޓްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުތުތައް:

 

ތަޢުލީމު:

  • CIMA/ACCA ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ނުވަތަ ފައިނޭންސް/އެކައުންޓިންގ ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތު ތަޖުރިބާ:

  • އެކައުންޓިންގ ދާއިރާގައި މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯކާރސްޓް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން.
  • މާލީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަޖުރިބާ

ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން

އިންޓަރވިއު

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

10 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް.

 ނޯޓު :

 

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345185 ނަމްބަރު ފޯނަށެވެ.
31 އޮކްޓޫބަރު 2019
ހޯދާ