މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ފަރާތުން އައްޑޫ ސިޓީގައި ދެމުންގެންދާ ދަތުރުފަތުރުގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދު ފަަހަރަށް ބޭނުންވާ ޕެޓްރޯލް އާއި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

   މި ކުންފުނީގެ ފަރާތުން އައްޑޫ ސިޓީގައި ދެމުންގެންދާ ދަތުރުފަތުރުގެ ޚިދުމަތުގައި  ބޭނުންކުރާ އުޅަނދު ފަަހަރަށް ބޭނުންވާ ޕެޓްރޯލް އާއި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

   ވީމާ، މިކަމަށް ޝައުގުވެރިވެލައްްވާ ފަރާތްތަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން މި ކުންފުނީގެ ހެޑް އޮފީހުންނާއި ސަދަން ޓްރާސްޕޯޓް ލިންކް (ފޭދޫ) ޔުނިޓުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފު ކުރެއްވުން

     އަންދާސީ ހިސާބު ހުށަހެޅުއްވުން

 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 10:00

 17 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00

 

   މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

31 އޮކްޓޫބަރު 2019
ހޯދާ