ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

2019 ނޮވެމްބަރ 13 އިން 16 އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބާދުޝާހު WSA ބީޗް ގޭމްސް" ގައި ބައިވެރިވާ ޓީމްތަކުގެ ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2019 (ބުރާސްފަތި) ދުވަހުން ފެށިގެން 05 ނޮވެމްބަރ 2019 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން – 06 ނޮވެމްބަރ 2019 ވާ (ބުދަ) ދުވަހުގެ 13:30 

އަންދާސީ ހިސާބު ހުޅުވުން – 10 ނޮވެމްބަރ 2019 ވާ (އާދީއްތަ) ދުވަހުގެ 13:30

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި އަންދާސީ ހިސާބަށް މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވޭނީ ރަޖިސްޓަރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ވެފައިވާ އަދި ޤާނޫނު ނަމްބަރ 18/2014 ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ.

. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ/ހދ ކުޅުދުއްފުށި

. ފޯން: 6527174

31 އޮކްޓޫބަރު 2019
ހޯދާ