ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް ޑިރެކްޓަރ

                                       އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

 MS3/B

ސެކްޝަން/ޑިޕާޓްމަންޓް

 ލެޖިސްލޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- ކޮމިޓީ އެންޑް ރިސާޗް ސެކްޝަން

ބޭނުންވާ އަދަދު:

 1

ތަޢްލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، އެމް.އެސް 2 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 3 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން،

މަޤާމްގެ މަސްއޫލިއްޔަތު:

 -  ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި، އަދި އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ރާވައި ހިންގުމާއި ކުރަންޖެހޭ ދިރާސާތައްކުރުމާއި، އަދި ސެކްޝަން / މަޖިލީހުގެ އިދާރާގައި ކުރުމަށް ޙަވާލުކުރެވޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން

އުޖޫރަ:

 - މަހަކު -/12,000 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 31 އޮކްޓޯބަރ 2019 ން 13 ނޮވެންބަރު 2019 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް www.majlis.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

31 އޮކްޓޫބަރު 2019
ހޯދާ