މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށް ޒިޔާރާތްކުރާ ފަތުވެރިން މޫދަށް އެރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ރެސްކިއު ޓަވަރަކާއި ހަޓެއް ޖެހުމާބެހޭ

އިޢުލާން

މިރަށް ޒިޔާރާތްކުރާ ފަތުވެރިން މޫދަށް އެރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ރެސްކިއު ޓަވަރަކާއި ހަޓެއް ޖެހުމާބެހޭ

ކޮންމެ އަހަރެއްގެވެސް ޓުރިޒަމް ސީސަނުގައި ވަރަށްގިނަ ޢަދަދެއްގެ ފަތުރުވެރިން މިރަށަށް ޒިޔާރަތްކުރާކަން ފާހަގަ ވެއެވެ. ރަށަށް ޒިޔާރަތްކުރާ ފަތުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިރަށުގެ ފަތުރވެރިކަން ކުރިއަރައިގެންދިއުމުގައި ވަރަށް މުހިއްމުކަމެއްކަމަށް މިކައުންސިލުން ދެކެމުއެވެ. މިގޮތުން ބައެއް ފަހަރު ހިތާވެރި ޙާދިޘާތައް ހިގާފައި ހުރިންކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. މިފަދަ ގިނަޙަދިޘާތައް ކުރިމަތިވެފައިވަނީ މޫދުންކަން ފާހަގަކޮށްލަމެވެ. މިފަދަ ޙަދިޘާތަކުން ފަތުރުވެރިން ރައްކާތެރި ކޮށްދިނުމުގެ މަޤުޞަދުގައި ފަތުރުވެރިން މޫދަށްއެރިއުޅުމަށް މިކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުގައި ވޮލަންޓިއަރކޮށް ޓަވަރަކާއި އެކު ހަޓެއްޖަހައިގެން، އެސަރަހައްދަށް މޫދަށްއެރިއުޅޭ ފަތުރުވެރިންގެ ޙަރަކާތްތައްބަލައި، ދިމާވެދާނެ ނުރައްކާތެރި ޙަދިޘާއަކުން ފަތުރުވެރިން ސަލާމަތްކޮށްދޭން ޝައުޤުވެރިވާ ފަރާތެއްވާނަމަ، 2019 ނޮވެމްބަރު 10ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އެއްފަރާތަށްވުރެން ގިނަ ފަރާތްތަކަކުން ކުރިމަތިލައިފިނަމަ، އެ ފަރާތެއް ކަނޑައަޅާނީ ޕޮއިންޓް ދީގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

ޕޮއިންޓް ދޭނެގޮތް

  1. ޕްރޮޕޯސަލްފައި ހިމެނިފައިވާ ކަންތައްތަކަށް                            75 ޕޮއިންޓް
  2. ތަޖުރިބާއަށް                                            25 ޕޮއިންޓް

 

ސިޓީ އާއި އެކު ހުށަހަޅަންޖެހޭ ތަކެތި

                               1.            އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ، ކުންފުންޏެއްނަމަ ކުންފުނީ ރަޖިސްޓްރީގެ ކޮޕީ

                               2.            ޓަވަރާއި ހަޓު ޖަހައިންގެން މިސަރަހައްދަށް މޫދަށްއެރިއުޅޭ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ގޮތުގެ ޕްލޭން ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް އެއް.

31 އޮކްޓޫބަރު 2019
ހޯދާ