މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މަޑުއްވަރީ ފެނުގެ ނިޒާމް މަޝްރޫއުގެ ދަށުން މީޓަރު ގުޅައިދިނުމާއި ގުޅޭ

އިޢުލާން

 

ރ. މަޑުއްވަރީ ފެނުގެ ނިޒާމް މަޝްރޫއުގެ ދަށުން މީޓަރު ގުޅައިދިނުމާއި ގުޅޭ

މިކައުންސިލްގެ ނަންބަރ: (IUL)308/2019/32(08 ސެޕްޓެމްބަރ 2019) އިޢުލާނުގެ މުއްދަތު ހަމަވުމާއި ގުޅިގެން ވަރަށްގިނަ ފަރާތްތަކަކުން މުއްދަތު އިތުރުކުރުމަށް އެދެމުންދާތީ މުއްދަތު އިތުރުކޮށް އަލުން އިޢުލާނުކުރަމެވެ.

ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ގޭގެއަށް މީޓަރު ގުޅައިދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ވެރިފަރާތުން އެކަމަށް އެދި ފޯމް ހުށަހެޅުމުންނެވެ. އަދި ފޯމް ބަލައިގަތުމަށްޓަކައި ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚަކީ 2019 ނޮވެމްބަރ 14 ކަމުގައި ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށަހަޅާ ގޭގެއަށް މީޓަރު ގުޅައިދެވޭނީ މަޝްރޫއުގެ މަސައްކަތްތަށް ނިމުމުން، ނިޒާމް ހިންގާ ބެލެހެއްޓުމަށްޓަކައި ޙަވާލުކުރެވޭ ފަރާތުން ކަނޑައަޅާ އުސޫލެއްގެ މަތިން ފީއެއް ނަގައިގެން ކަމުގައި ދަންނަވަމެވެ.

ވީމާ، މީޓަރު ބަހައްޓަން ބޭނުންފުޅުވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މިކައުންސިލްގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 އޮކްޓޫބަރު 2019
ހޯދާ