މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އިންސްޕެކްޝަންސް އޮފިސަރ

 (IUL)10-C/10/2019/136:ނަންބަރު

 

އިޢުލާނު

 

މަޤާމް:

އިންސްޕެކްޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-310016

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް.2 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް/އިންސްޕެކްޓަރޭޓް އޮފް ކަރެކްޝަނަލް ސަޕޯރޓް ސާރވިސް ސެކްޝަން/ކ. މާލެ

މުސާރަ:

މަހަކު  6,295.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ހިއުމަން ރައިޓްސް ލޯ / ޕޮލިޓިކަލް ސައިންސް / ސޯޝިއަލް ޕޮލިސީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00ރުފިޔާ ހަމަޖެހޭނެއެވެ.
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޖަލުތަކާއި، ޕޮލިސް ކަސްޓޯޑިއަލްތަކާއި، ރިހެބިލިޓޭޝަން ސެންޓަރުތަކާއި، އަދި ޑިޓެންޝަން ސެންޓަރުތަކަށް އިންސްޕެކްޝަން ހެދުމަށް ޒިޔާރަތްކުރުން.
  2. ޖަލުތަކާއި ބަންދުމަރުކަޒުތަކަށް ކުރަންޖެހޭ ޒިޔާރަތްތަށް އިންސްޕެކްޓަރގެ އިރުޝާދާއެކު، ކަނޑައެޅޭ ތަވާލާއި އެއްގޮތަށް ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އެކު އިންތިޒާމްކުރުން.
  3. ކަސްޓޯޑިއަލް ސެންޓަރުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހޯދައި، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުން. ޖަލުތަކާއި ބަންދުމަރުކަޒުތަކަށް ކުރާ ޒިޔާރަތްތަކުން ފާހަގަވާ ކަންކަންމުގެ މައްޗަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ރިޕޯޓް ލިޔުމާއި ތައްޔާރުކުން.
  4. އިންސްޕެކްޓް ކުރެވޭ ތަންތަނުގެ ރިޕޯޓް މިނިސްޓަރަށް ހުށަހަޅައި، ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ހުށަހެޅުން. ޖަލުތަކާއި ބަންދުމަރުކަޒުތަށް ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ތައްޔާރުކުރުމަށް އެތަންތަނަށް ޒިޔާރަތް ކުރުމާއި އެކު އެތަންތަނުގެ ރިޕޯޓް ތައްޔާރުކުރުން.
  5. ރިޕޯޓް ތައްޔާރުކޮށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުވުންތައް ބާއްވާ، އެފަރާތްތަކާއި އެކު މަޝްވަރާ ކުރުން. އިންސްޕެކްޝަން ދަތުރުތަކަށް ފަހު އެކުލަވާލެވޭ ރިޕޯޓުން ފާހަގަވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ގުޅުން ހުރި މުވައްސަސާތަކާއި ބައްދަލުވުންތައް ބޭއްވުމާއި، އިސްލާހުކުރަން ފެންނަ ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  6. އިންސްޕެކްޝަން ރިޕޯޓުތަކުގައި ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ކަސްޓޯޑިއަލް ޖަލުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ، މަސައްކަތްތައް ނިންމުމަށް ތާރީޚެއް ކަނޑައެޅުން. އިންޕެކްޝަން ރިޕޯޓްތަކުގައި ހުށަހަޅާ އިސްލާހުތައް ތަންފީޒުވަމުންދާވަރު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  7. އިންޕެކްޝަން ޒިޔާރަތްތަކުން ފާޙަގަވާ މައްސަލަތަކާއި، އިންޕެކްޓަރޭޓް ސެކްޝަންއަށް ހުށަހެޅޭ މައްސަލަތަށް އިންޕެކްޓަރގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މިނިވަންކަމާއި އެކު އަޑުހާ، ތަހުޤީގު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  8. ޤައިދީންނާއި ބަންދުމީހުންނާއި ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތަށް ޤަވާއިދުން ރިކޯޑުކޮށް ބެލެހެއްޓުން.
  9. އިންސްޕެކްޓަރގެ ލަފަޔާ އިރުޝާދާއި އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައް ހާޟިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  10. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ހިއުމަން ރައިޓްސް ލޯ / ޕޮލިޓިކަލް ސައިންސް / ސޯޝިއަލް ޕޮލިސީ ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ނޮވެންބަރާއި 11 ޑިސެންބަރު 2019 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323820 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 02 ރަބީޢުލްއައްވަލް 1441

30 އޮކްޓޫބަރު 2019
ހޯދާ