މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް:            ޑިރެކްޓަރ

މަޤާމްގެ ނަންބަރ:          J-221829

ބޭނުންވާ އަދަދު:      1

މަޤާމްގެ ގިންތި:      ދާއިމީ

މަޤާމްގެ ރޭންކް:      EX1

މަޤާމްގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ސެކްޝަން:         ކޯޕަރޭޓް އެފެއަރޒް ސެކްޝަން

މަޤާމްގެ އޮތް އޮފީސް:   މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:           -/8835ރ ( އަށްހާސް އަށްސަތޭކަ ތިރީސް ފަސްރުފިޔާ )

ސަރވިސް އެލަވަންސް:  -/2000 (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯއެލަވަންސް: -/1100 (އެގާރަސަތޭކަ ރުފިޔާ)

 

އިތުރުއިނާޔަތްތައް:          1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                     4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

 

 

  1. މަޤާމްގެ މަސްޢުލިއްޔަތު  1. އަތޮޅުކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގެ ހުރިހާ މަސައްކަތެއް

ތަކާއި ވާޖިބުތައް           ކައުންސިލްގެޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ހިންގުން.    

             2. އަތޮޅުކައުންސިލަށް ބޭނުންވާ އިދާރީ މައުލޫމާތުތައް ރަށުކައުންސިލްތަކާއި، ދައުލަތުގެ އެކިއިދާރާތަކުން

                 ކައުންސިލަށް ފޯރުކޮށްދިނުން.

                     3. އިދާރީގޮތުން އަތޮޅުކައުންސިލް ހިންގުމަށް އަންނަބަދަލުތައް ރަށުކައުންސިލްތަކަށާއި،

                       އަތޮޅުކައުންސިލްއިދާރާގެ ޔުނިޓްތަކަށް އެންގުން.

                     4. އިދާރީދާއިރާގެ ރައްޔިތުންނަށް އެއްގަމާއި،ކަނޑުގެލައިސަންސް އާއި،ސަލާމަތީސެޓްފިކެޓްގެ ޚިދުމަތާއި،

                        އައިޑީކާޑު ހެދުމުގެ ޚިދުމަތް ދިނުމުގެކަންކަން ރާވާ ހިންގުން.

                     5. ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އަތޮޅުކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށް

                         ދޭންބޭނުންވާ ކަންތައްތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުން.

                  6. ކައުންސިލްއިދާރާއަށް ބޭނުންވާ ހަރުމުދަލާއި، އެހެނިހެން ތަކެތި ހޯދުމުގައި އެހީތެރިވެދީ

                       އެކަންކަން މޮނިޓަރކުރުން.

                     7. ކައުންސިލްއިދާރާގެ އިދާރީ އޮނިގަނޑުގައިވާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ވަޒީފާދިނުމާއި،

                       ވަޒީފާއިން ވަކިކުރުމާއި،އިސްލާޙީ ފިޔަވަޅުއެޅުމުގެ މަސައްކަތް ކައުންސިލްގެ ޒިންމާދާރުވެރިޔާގެ

                       މަޝްވަރާގެމަތިން ހިންގާ ބެލެހެއްޓުން.

                     8. އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ނާއި،ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިންގެ މަސައްކަތު

                       ފެންވަރު ބެލުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން. އަދި މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ފުރިހަމަ

                       ކޮށްފައިވާ ގޮތް ބެލުމާއި، އެފޯމު ފުރިހަމަކުރުމަށް އޮންނަ އުސޫލާއި ތަފާތުކޮށް ފޯމު ފުރިހަމަކޮށް

                       ފައިވާކަމަށް ފެނިއްޖެނަމަ ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން އެކަން ރަނގަޅުކުރުން.

                     9. އެޕްރައިޒަލް ފޯމުގައިވާ މަޢުލޫމާތުގެ މައްޗަށް ބަލާ މުވައްޒަފުންނާއި ބެހޭ ގޮތުން ފާހަގަ ކުރެވޭ ރަނގަޅު

                       ކަންތައްތަކާއި، އަދި މުވައްޒަފުންނަށް ކުރިމަތވާ ދަތިތައްހިމެނޭ ގޮތުގެ ރިޕޯޓެއް އެކުލަވާލައި

                         ކައުންސިލާއި، ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއި އެކު ރަނގަޅު ކަންތައް ތަކަށް ހިތްވަރުދީ ދަތިތައް

                       ހައްލުކުރުމަށް ފިޔަވަޅު އެޅުން.

                     10. ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގައި ހިމެނޭ ޔުނިޓް ތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި،

                       ޔުނިޓްތަކުގެ މަސައްކަތް ހަލުވިކޮށް ދެވޭޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް

                       އެޅުން.

                    11. ސެކްޝަން / ޔުނިޓް ތަކުގެ މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން މަސައްކަތްކުރާ

                       މިންވާރާއި، ސުލޫކީ މިންގަނޑަށްބަލާ އިސްލާޙީ ފިޔަވަޅުއަޅަން ޖެހޭމުވައްޒަފުންނާއި މެދު އިސްލާޙީ

                         ފިޔަވަޅު އެޅުން.  

                     12. ކައުންސިލްގެ އެންމެހާ ޢިމާރާތްތަކާއި، އުޅަނދު ފަހަރާއި، ވެހިކަލްތައް ފަދަ ވަސީލަތް މަރާމާތުކޮށް

                        ބެލެހެއްޓުމުގައި ކަމާބެހޭ ޔުނިޓަށް އިރުޝާދުދީ އެކަންކަން ކުރުވުން.

                    13. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު ،ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީ

                        ކަންކަމާއި އިންތިޒާމުތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ތަކުގައި އެހީތެރިވުން.

                       14. އިދާރާއިން ކުރާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީ މަސައްކަތުގެ ތެރެއިން

                          ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

                       15. ކައުންސިލްއިދާރާއަށް ބޭނުންވާ ހަރުމުދަލާއި އެހެނިހެން ތަކެތި ހޯދުމުގައި އެހީތެރިވެދީ އެކަންކަން

                            މޮނިޓަރ ކުރުން.

                      16. 3 ޔުނިޓްހެޑްގެ ގޮތުގައި މަސައްކަތްކުރައްވާ އެސިސްޓެންޓް ޑިރެކްޓަރގެ މަސައްކަތްތައް

                       ސްޕަރވައިޒްކޮށް މޮނިޓަރކުރުން.

               

                        

މަޤާމުގެ ޝަރުޠުތައް:     1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކްއެޑްމިނިސްޓްރޭޝަންގެ ރޮނގުން

                 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،

                  4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2

                    އަހަރުދުވަހުގެ ތަޖުރިބާއާއިއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ

                    ލިބިފައިވުން.

                    ނުވަތަ

                  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކްއެޑްމިނިސްޓްރޭޝަންގެ ރޮނގުން

                    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށް

                  ފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

               

ވަޒީފާއަށް އެންމެ ޤާބިލު  - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

ފަރާތެއް ހޮވުމަށް ބެލޭނެ - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

ކަންތައްތައް:         - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.    

 

ހުށައަޅަންޖެހޭ        1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

ލިޔުންތައް:          2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                        ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                       މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ

                       އޮފީހުގެ ލިޔުން.

                     5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                       (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

                       ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން

                       ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ

                       ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލާވާފައިވާ

                       ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއް

                           ގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                   (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް

                       ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                        6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

                        7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ 

                       ސެޓުފިކެޓުގެ ކޮޕީ.

 

                     8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                        (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ

                               އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ

                                މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                         (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ

                                އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ

                                މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި

                                ގޮތްއަންގައިދޭ ރެފަރެންސް ޗެކުފޯމް.

                       

މަޤާމަށް އެދެންވީގޮތާއި   ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް

ސުންގަޑި:              ކޮމިޝަންގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ

                  ތަކެތި ހުށަހަޅާނީ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ  14:00ގެ ކުރިން މިއިދާރާއަށެވެ.

                    ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް

                    އެޑްރެހަކީ، [email protected]  އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން

                       އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް  

                       ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ

                   އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.    

 

އިންޓަރވިއު އޮންނާނެ      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  17 ނޮވެމްބަރ 2019  އާއި  

ތަނާއި، މުއްދަތު:        21 ނޮވެމްބަރ 2019 އާއި ދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ

                  ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:           މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް      މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %55

 ކަނޑައަޅާފައިވާ               (ފަންސާސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.

ކްރައިޓީރިއާގެ ހުރިހާ

ބަޔަކުން އެންމެ ދަށްވެގެން

 ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

އިތުރު މަޢުލޫމާތު ހޯދުން:    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                    [email protected] އަށެވެ.

28 އޮކްޓޫބަރު 2019
ހޯދާ