ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:            އެޑްމިނިސްޓރޭޓިވް އޮފިސަރ

 

މަޤާމުގެ ނަމްބަރު:      J-265885

 

ބޭނުންވާ އަދަދު:       01

 

މަޤާމުގެ ގިންތި:       ދާއިމީ

 

މަޤާމުގެ ރޭންކް:       ޖީ. އެސް 4

 

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ

 

މުސާރަ:           -/5020 ރުފިޔާ

 

ސަރވިސް އެލަވަންސް:   -/1500 ރުފިޔާ

 

އެހެނިހެން އެލަވަންސް:   ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ ދެވޭނެވެ.

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

     1.  މުވައްޒަފުންގެ އިތުރުގަޑީ ފޯމާއި ޙާޟިރީ ރިޕޯޓް ޗެކްކުރުމަށްފަހު މުވައްޒަފުންގެ މުސާރާ ތައްޔާރުކުރުމަށްފަހު ކޮންމެ މަހެއްގެ 24 ވަނަ ދުވަހު

        ކުރިން ސެޕްއަށް އަޕްލޯޑް ކުރުން

     2. މި އިންސްޓްޓިއުޓްގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެކޯޑްތައް ބަލަހައްޓައި ޗުއްޓީ ފޯމްތައް ތައްޔާރުކޮށް މުވައްޒަފުންނާ ޙަވާލު ކުރުން  އަދި

       ޔުނިޓްގެ އިސްވެރިންނަށް އަޕްޑޭޓް ކޮށްދެއްވުން

     3. އޮފީސް ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި ޤަވާޢިދުން ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ރާވާ ހިންގެވުން އަދި ރަސްމީ އަދި

       ނުރަސްމީގަޑީގައި އޮފީސް ހުޅުވާ ލެއްޕުން.

     4. އީޓައިމް ޓްރެކް މެދުވެރިކޮށް އޮފީހުގެ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ޙާޟިރީއާއި ބެހޭ އެންމެހާ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ

       ފަރާތްތަކަށް ތާރީޚަށް ފޮނުވުން

     5. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓް، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕް ކުރުން.

     6. މި އިންސްޓްޓިއުޓްގެ ދުވަހު ޔައުމިއްޔާ ވެރިޔާއާއި ޙަވާލު ކުރުމުގެ ކުރިން ބައްލަވައި ކުށް އިޞްލާޙު ކުރުމަށްޓަކައި ޗެކްކުރުން

     7. އިންސްޓިޓިއުޓުން ހިންގާ ޕްރޮޖެކްޓްތަކުގެ ޕްރޮޖެކްޓް މޮނިޓަރިންގ، ފޯމްތައް ހުރިހާ ޑިޕާޓްމަންޓް ތަކަކުން ހޯދުމަށްފަހު ފޮނުވަންޖެހޭ ތާރީޚަށް

       މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން

     8. އިންސްޓިޓިއުޓުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް ވެރިންގެ ލަފާގެ މަތިން އޮގަނައިޒު ކުރުމުގައި ބައިވެރިއެއްގެ ގޮތުން މަސައްކަތް ކުރުން.

     

 

 މަޤާމުގެ ޝަރުޠުތައް:     'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،                     އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް  އިމްތިޚާނުގައި  'ދިވެހި'                   މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ދަށްވެގެން 2 އަހަރު                   ދުވަހުގެ ތަޖުރިބާ ލިބިފައިވުން

             ނުވަތަ

                 'މަތީސާނަވީ' ނުވަތަ އެއާ އެއް ވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން

                  'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން                        'ސީ' ގްރޭޑް ލިބިފައިވުން                       

             ނުވަތަ

                 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް

                 ހާސިލްކޮށްފައިވުން

ތައުލީމީ ރޮނގުތައް:      އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

        1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި

                 އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

              2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

              3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ

                ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

              4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

                އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 

              5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ  މަރުކަޒަކުން

                     ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ  ކުރިކަމުގެ ލިޔުމާއެކު ކޯހުލިބޭ

                     ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

                  (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް

                      ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

               6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

               7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

               8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                  (ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ

                      ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                  (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި 

                      މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން  

                      ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

            

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން  

ހޮވުމަށް ބެލޭނެ ކަންތައްތައް:   ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

                   ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:   

                   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރ 2019ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން،

                   ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް

                   [email protected]  އަދި ފެކްސް 3323243 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި                             އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން  ބަންދު އަލަށް ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ                         ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  

                މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި

                އެންގޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

 

ޝޯޓް ލިސްޓްކުރުން:           

               މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް

              ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323242 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3323243 އެވެ. އީ-މެއިލް ކުރާނީ      [email protected]  އަށެވެ.

 

     
 

 

           02 ރަބީއުލްއައްވަލް 1441

           30 އޮކްޓޯބަރ    2019

30 އޮކްޓޫބަރު 2019
ހޯދާ