ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނީޝަން

މަޤާމް :ލެބޯޓްރީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު: 226/MNU-HR/2019

ތާރީޙް: 28 އޮކްޓޫބަރު 2019

މަޤާމު:

ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

23

އޮފީސް:

ސްކޫލް އޮފް ނާރސިންގ

މުސާރަ:

މަހަކު  6,936.73ރ

ސަރވިސް އެލަވަންސް:

މަހަކު 2,972.88 ރ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ލެކްޗަރަރ އިން ދެއްވާ އިރުޝާދާ އެއްގޮވާގޮތުގެ މަތީން ނާރސިންގ އާޓް ލެބޯޓްރީގެ މަސައްކަތްތައް ކުރުން.
  • ނާރސިންގ އާރޓް ލެބޯޓްރީގެ މާހައުލާއި ތަނުގެ ރައްކާތެރިކަން ބެލެހެއްޓުމާއި ލެބޯޓްރީގައި ހިންގާ ކްލާސްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށް ދިނުން.
  • ނާރސިނގ އާރޓް ލެބްގެ ސްޓޮކް އަދި އިންވެންޓްރީ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން.
  • ނާރސިންގ އާރޓް ލެބޯޓްރީގެ އިންވެންޓްރީގައި ހިމެނޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ސްކޫލްގެ މީޓިންގްތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި މީޓިންގްތަކަށް ޙާޒިރުވުމާއި މިފަދަ މީޓިންގްތަކުގައި ނިންމޭ ކަންތައްތައް ނިންމުމަށް ކަނޑައެޅޭ ތާރީޚަށް ނިންމުން.
  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ސްކޫލްގެ ރިސެޕްޝަން ބެލެހެއްޓުމާއި އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި  ބަލައިގަތުން އަދި ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލިސްޓްތައް ތައްޔާރުކޮށް ލެކްޗަރަރ އިންނާ ހަވާލުކުރުން.
  • ކޯސްތަކަށް ކިޔަވައި ދެއްވުމަށް ވަޑައިގަންނަވާ ޕާޓްޓައިމް / ފުލްޓައިމް ލެކްޗަރަރ އިން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވަންޖެހޭ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވުން.
  • ސްކޫލްގެ ލިޔެކިޔުންތައް ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ފައިލްކޮށް ރަނގަޅަށް ބެލެހެއްޓުން.
  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން. 
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 ނޮވެންބަރު 04 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409ނަންބަރު ފޯނަށެވެ.
28 އޮކްޓޫބަރު 2019
ހޯދާ