ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ގދ.މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓްތަކަށް ހޮވިފައިވާ ފަރާތްތަކުގެ ހައުސިންގ ޔުނިޓް ތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ގދ.މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި ހައުސިންގ ޔުނިޓްގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން 30 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައި އޮންނާނެއެވެ. ހައުސިންގ ޔުނިޓަށް ހޮވިފައިވާ ފަރާތް މިގުރުއަތުގައި ބައިވެރިވެވެން ނެތްނަމަ، ބަދަލުގައި މީހަކު ހާޟިރުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއި އެކު ދެފަރާތުގެ އައިޑީ ކާޑު ކޮޕީއާއެކު ހާޟިރުވުމުން ގުރުއަތު ނެގޭނެ ވާހަކަ ދެންނެވީމެވެ.

އަދި ހަމައެހެންމެ، މިގޮތަށްވެސް ހާޟިރުނުވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ މިއިދާރާއިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 އޮކްޓޫބަރު 2019
ހޯދާ