މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 ހުޅުމާލޭ ނެއިބާހޫޑް 2 ގައި އިމާރާތް ކުރެވިފައިވާ މުޙައްމަދު ޤާސިމް ޕްރީ ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް 2019  މެއި 19 ގައި ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/22/2019/110) އިޢުލާނު ބާތިލް ކުރުމަށްފަހު ޕްރީ ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2 ބީލަމުގައި ބައިވެރިވުމަށް  -/200 (ދުއިސައްތަ) ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ  2019 އޮކްޓޫބަރު 30 ން 2019 ނޮވެންބަރު 6 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 12:00 ށް މިމިނިސްޓްރީގެ ފައިނޭންސް ޑިވިޜަނުން (ވެލާނާގެ 08 ވަނަ ފަންގިފިލާ) ނެވެ.

3 މި ޕްރޮޖެކްޓްގެ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ރަޖިސްޓްރީކުރާ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.

4 މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.

5 މިޕްރޮޖެކްޓާއި ގުޅިގެން ޕްރީ ސްކޫލު ދައްކާލުން އޮންނާނީ2019 ނޮވެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުގައެވެ.

6 މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2019 ނޮވެންބަރު 10 ވާ އާދިއްތަ  ދުވަހުގެ  18:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7 މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ އޮންނާނީ2019 ނޮވެންބަރު 12 ވާ އަންގާރަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 04 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

8 ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން އޮންނާނީ 2019 ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:00މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 04 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

9 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341436, 3341403

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

28 އޮކްޓޫބަރު 2019
ހޯދާ