ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ހަނިމާދޫ ސްކޫލް                           

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2019/045 

 

                                  އިޢުލާނު

 

2020 ވަނަ އަހަރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން              

            2020 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން މި ސްކޫލުން ކުރި ނަންބަރު GS60(B)/2019/039 (16 އޮކްޓޯބަރު 2019) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް އަގު ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނަކީ މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެފަރާތެއް ހޯދުމަށް ކުރެވޭ 2 ވަނަ އިޢުލާނެވެ. ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

31 އޮކްޓޯބަރު 2019

10:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

07 ނޮވެންބަރު 2019

10:00 ހެނދުނު

            މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

                                          28 ޞަފަރު 1441

                                          27 އޮކްޓޯބަރު 2019

27 އޮކްޓޫބަރު 2019
ހޯދާ