މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފިސަރ ޑިޒައިނަރ

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                        އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2019/75

                              ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އޮފިސަރ ޑިޒައިނަރ

މުސާރަ (މަހަކު) : -/7080 ރުފިޔާ މަހަކު

ސާރވިސް އެލަވަންސް: -/2،360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2،360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުތު:

  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

ހ- މަޤާމަށް ބޭނުންވާ މަލްޓިމީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު ޑިޒައިންކުރުމާއި އެނިމޭޓް ކުރުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އެޑޯބީ ގްރިއޭޓިވް ކްލައުޑް ސޮފްޓްވެއަރތައް ރަނގަޅަށް އެގުން، ގޫގްލް ޖީސުއިޓް އަދި އެފަދަ އެހެން ޕްލެޓްފޯމް ތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގުން، ތްރީ-ޑީ ކުރެހުންތައް ކުރަހަން އެނގުން، ޑިޖިޓަލް ފައިލް ފޯމެޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު އެނގުން އަދި ކޯޕަރޭޓް މާހައުލެއްގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން އެގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  މިކޯޕަރޭޝަނުން ޑިޒައިންކުރަންޖެހޭ ތަކެތި ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެ މަތިން ކޮންސެޕްޓް ހެދުމާއި ޑިޒައިން ކުރުން.

-  ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ މަސައްކަތްތައް ހެޑް އޮފް ޑިޕާޓްމަންޓްގެ ލަފާގެމަތިން ކުރުން.

-  ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

- ޕޯޓްފޯލިއޯ

އިތުރު މަޢްލޫމާތު: 

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

24 އޮކްޓޫބަރު 2019
ހޯދާ