ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: IUL)MMPRC-HR/1/2019/78)
ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: އެކައުންޓްސް އެގްޒެކެޓިވް |
- މުސާރަ (މަހަކު): -/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2،360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2،360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް/ފައިނޭންސް ސެކްޝަން |
ބޭނުންވާ އަދަދު: 1 |
ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަޤާމާއިގުޅޭ ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ) ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަޤާމާއިގުޅޭ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މިކޯޕަރޭޝަނުގެ ފައިނޭންސް ސެކްޝަންއިން ޓްރާންސްފަރ ކުރަންޖެހޭ އެންމެހާ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި އެންމެހާ ރެކޯޑުތައް ބަލަހައްޓާ ރިޕޯޓްކުރުން. - ކޯޕަރޭޝަނުގެ ރިސީވަބަލްސް އަދި ޕޭޔަބަލްސް ކްލިއަރ ކުރުމުގައި ޤަވައިދުން ފޮލޯއަޕް ހެދުމާއި ރިކޮންސައިލްކޮށް މައްސަލަތައް ހައްލުކުރުމާއި ރިޕޯޓްކުރުން. - ބަޖެޓު އަދި އެހެނިހެން ރިޕޯޓުތަކާއި ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން. - ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް. |
|
ހުށައަޅަންޖެހޭ ލިޔުންތައް - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). |
|
އިތުރު މަޢްލޫމާތު
އެޑްރެސް ކުރައްވާނީ: ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
|
|
24 އޮކްޓޯބަރ 2019 |