މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަޓްތައް ނެގުމާއި ބެހޭ

މިރަށު އިރު އުތުރު ފަރާތާއި، އުތުރު ފަރާތުގެ އެކި ސަރަޙައްދުތަކުގައި، މިކައުންސިލްގެ ހުއްދަ، ނެގުމަކާއި ނުލައި އެކިފަރާތްތަކުން ޖަހާފައިވާ ހަޓުތައް، 2019 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ނަންގަވައި ދެއްވުމަށް ދަންނަވަމެވެ.

މިދެންނެވި މުއްދަތުހަމަވާއި ނުނަގައި ހުންނަ ހަޓުތައް މިކައުންސިލުން ނަގާނެކަމުގައިވެސް ދަންނަވަމެވެ. އަދި މިހަޓުތައް ކައުންސިލުން ނެގުމުގެތެރޭގައި ތަކެއްޗަށްލިބޭގެއްލުމުގެ ޒިންމާއެއް މިކައުންސިލުން ނުއުފުލާނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2019
ހޯދާ