ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ އަތިރިމަތީގައި ހުރި 28 ދިވެހި ރުއް ކުއްޔަށް ދިނުން

ރަތަފަންދޫ ޗާންދަނީމަގާއި އިތުބާރުމަގާއި ދެމެދު ، ބީޗްރޯޑާއި މެރިންރޯޑާއި ދެމެދެ ގައިހުރި ރައްޔިތުންގެ ފޯދުނު 22 ދިވެހިރުކާއި ރަތަފަންދޫ ޖެޓީގެ ހުޅަނގުން އޮތް ފަސްގަޑުގައިހުރި ފޯދުނު 5 ދިވެހިރުކާއި މަސްޖިދުލްއިޢުތިޒާޒް މިސްކިތާއި އެއްއިންވެގެން ކަށްބިމުގައި ލިލީމަގާއިވީފަޅީގައި އިން ފޯދުނު ދިވެހި ރުކާއި އެކުޖުމްލަ : 28 ދިވެހިރުއް ކުއްޔަށްދޫކުރުމަށްވަނީ ހަމަޖެހިފައެވެ .

ވީމާ ، މިރުއްތައް ކުއްޔަށް ހިފުމަށް ޝަވްގުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޫބަރ  2019 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިރުއްތައް ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

22 އޮކްޓޫބަރު 2019
ހޯދާ