މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމް:                 ލީގަލް އޮފިސަރ

މާޤާމުގެ ނަންބަރު:          J-304716

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           ސީއެސް 9-2 (ގްރޭޑް 5)

މާޤާމުގެ ކްލެސިފިކޭޝަން:     ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ސެކްޝަން :             ހަޔަރ އެޑިޔުކޭޝަން ފެސިލިޓޭޓިންގ ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:          މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ފެންބިލްޑިންގ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                     2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

                    

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މިމިނިސްޓްރީގެ އެކި އެކި ކަންތައްތަކުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުން.

-          މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަން ހިންގުމުގައި ޤާނޫނާއި ޤަވާއިދު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތަކާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް އެކުލަވާލުން.

-          މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ލަފާދިނުން.

-          ދައުލަތުގެ އެކިއެކި ލޯން ސްކީމްތަކުގެ ދަށުން މަތީ ތަޢުލީމް ޙާސިލްކޮށް ނިމިފައިވާ ފަރާތްތަކުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ޝަރީއަތް މެދުވެރިކޮށް، ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

-          ތަޢުލީމް ޙާސިލްކުރުމަށް ލޯނު ނަގައިގެން ލޯނު ނުދައްކާ ތިބި ފަރާތްތަކުގެ މައުލޫމާތުތައް އެއްކޮށް، އެ ފަރާތްތަކުގެ ރެކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.

-          ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތަކުގެ މައުލޫމާތު އޮފީހުގެ އިސްވެރިޔާއަށް ނުވަތަ ކަމާބެހޭ ފަރާތަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

-          ޝަރީއަތަށް ފޮނުވާ މައްސަލަތަކުން، މިނިސްޓްރީގެ ފަރާތުން ވަކާލާތުކުރުމަށް ކޯޓަށް ދިއުން.

-          ޝަރީއަތަށް ހުށައެޅޭ މައްސަލަތަކަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން.

-          ފައިސާ ނުދައްކާތިބި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުން.

-          ޝަރީއަތުން ހުކުމްކުރެވޭ މައްސަލަތަކުގެ ލިޔެކިޔުންތައް ބަލަހައްޓާ، ހުކުމާއި އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

-          މީގެ އިތުރުންވެސް ލީގަލް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

-          މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް އެކުލަވާލުން.

-          މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

 

މާޤާމުގެ ޝަރުޠުތައް:

 

މަޤާމު

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ލީގަލް އޮފިސަރ

CS9-2

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ ދާއިރާ: ލޯ

ތައުލީމީ ރޮނގުތައް: ލޯ އަދި ޝަރީޢާ އެންޑް ލޯ

10,020/- ރުފިޔާ

CS9-3

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް 9-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންބަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

10,410/- ރުފިޔާ

CS9-4

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީއެސް 9-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

10,800/- ރުފިޔާ

CS9-5

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީއެސް9-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން.

11,190/- ރުފިޔާ

ސަރވިސް އެލަވަންސް:

މަސައްކަތްކުރާ ދުވަހަކަށް 120.00 ރުފިޔާ (މަހަކު -/3600 ރުފިޔާ)

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް (3341385) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 05 ނޮވެމްބަރ އާއި 22 ނޮވެމްބަރ2019އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ފެން ބިލްޑިންގ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިވާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ޝަރުތު ހަމަވާ 10 ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން އެދިވަޑައިގެންފިނަމަ އެންމެ މަތީން މާރކްސް ލިބޭ 10 ބޭފުޅުން ޝޯޓުލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަންނަވާނީ އެބޭފުޅުންނަށެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-         % 45

 

އިތުރުމަޢުލޫމާތު: 

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3026966،3026955 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

23 އޮކްޓޫބަރު 2019
ހޯދާ