ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އިދާރާގެ 13 ބުރީގެ އައު އިމާރާތުގައި ވަޑާމުގެ މަސައްކަތްތަކާއި ބަދިގޭ ކަބަޑުތަކެއް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

    މި އިދާރާގެ 13 ބުރީގެ އައު އިމާރާތުގައި ވަޑާމުގެ މަސައްކަތްތަކާއި ބަދިގޭ ކަބަޑުތަކެއް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: 43 / 2019 / އައި.ޔޫ / ޓީ - 57 (23 ސެޕްޓެމްބަރ 2019 ) އާ ގުޅިގެން މަސައްކަތް އެވާޑުކުރުމަށް ހަމަޖެހުނު ފަރާތް މެދުވެރިކޮށް އެ މަސައްކަތް ކުރުވެން ނެތުމާއެކު، ދެން ހުށަހެޅިފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އަލުން އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

   ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް  ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ނަންނޯޓް ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އިތުރު ތަފްޞީލް އަންގައިދޭ ޖަދުވަލްތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅޭ މުޙިއްމު ސުންގަޑިތައް:

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރިސެޕްޝަން

22 އޮކްޓޫބަރު 2019 އިން 27 އޮކްޓޫބަރު 2019 އަށް  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު  (09:30 އިން 13:00އަށް)

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން ސައިޓް ސަރވޭ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސައިޓް ދެއްކުން (އޮޕްޝަނަލް)

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

26 އޮކްޓޯބަރ 2019 ވަނަ ދުވަހު 11:00  އަށް

ބީލަމާ ގުޅިގެން ސާފުކުރަންޖެހޭ މާއުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުއްވުން

[email protected]

26 އޮކްޓޫބަރު 2019 ގެ 15:00ގެ ނިޔަލަށް

ބިޑް ހުށަހެޅުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު 11:30 އަށް

 

 

 

21 އޮކްޓޫބަރު 2019
ހޯދާ