މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖްތިމާޢީ ސަރަޙައްދުގެ ގަސްތައް ހިމާޔަތްކުރުން

          މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ ފަރާތުން މިރަށުގެ އިޖްތިމާޢީ އެކި އެކި ސަރަޙައްދުތަކުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން އެސަރަޙައްދުތަކުގައި ހުރި ގަސްތައް ހިމާޔަތްކުރުމުގެ މަޤްސަދުގައި މިރަށު ބަނދަރު ސަރަހައްދުގައި ހިމެނޭ ށ.ޅައިމަގު ކައުންސިލްގެ އިދާރާގެ އިރުދެކުނު ކޮޅާއި، މިރަށު ރޭނިގެއޭ ކިޔާގޭގެ އިރުދެކުނު ކޮޅުގައި ހުރި ހިރުނދުގަސްތަކާއި، ކާނި ގަސްތަކަކީ ށ.ޅައިމަގު ކައުންސިލުން އެ ގަސްތަކުގެ ވެރިފަރާތްތަކަށް ބަދަލުދީފައިވާ ގަސްތަކެކެވެ. އެހެންކަމުން މިހާރު އެގަސްތަކަކީ ށ.ޅައިމަގު ކައުންސިލް (ރައްޔިތުން) ގެ ތަކެއްޗެވެ.

 

          މިހެންވެ މިކަން އާންމުކޮށް އެންމެހާ ފަރާތްތަކަށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

21 އޮކްޓޫބަރު 2019
ހޯދާ