ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމް :ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

27

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް

މަޤާމުގެ މުސާރަ:

މަހަކު 7,835/52 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,358/08 ރުފިޔާ

ޢިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ފެކަލްޓީ / ސެންޓަރ، ކެމްޕަސް އަދި އިދާރީ މަރުކަޒުން ފޮނުވާ ތަކެއްޗަށް އެދޭ ފޯރމްތައް ލިބުމުން އެންޓްރީން ނެގުން.
  2. މަރުކަޒުތަކުން ފޮނުވާ ރިކްއެސްޓް ލިސްޓްތައް އަދާހަމަކޮށް ބެލެހެއްޓުން.
  3. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ތަކެތި ލިބެންހުރިތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުޞޫލުން އަގުހޯދުމާއި އަގުޖެހުމަށްފަހު، ވެރިޔާ ލައްވާ އަގު ފާސްކުރުން.
  4. ޕާރޗޭސް އޯރޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު، އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސް/ފޮނުވުމަށްފަހު މުދާ ގެނައުން.
  5. ދުވަހުންދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި،  ނުލިބޭ މުދާ ލިބޭނެ މުއްދަތެއް ކަނޑައަޅައި ނިންމުމަށް މަސައްކަތް ކުރުން.
  6. މިނިސްޓްރީ އޮފް ފައިނޭންސް، އޯޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތަކެތި ހޯދުމަށް މަސައްކަތް ކުރުން.
  7. ކެޕިޓަލް ބަޖެޓުން ޚަރަދުކުރާ ތަކެތި ގަތުމުގެ ކުރިން ފައިނޭންސް ޑިޕާރޓްމަންޓް މެދުވެރިކޮށް ކެޕިޓަލް ޚަރަދުގެ ހުއްދަ ނެގުމާއި އެސް.އޭ.ޕީ ސިސްޓަމްގެ ތެރެއިން އެސެޓް ރަޖިސްޓަރ ކުރުން.
  8. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތް ކުރުމާއި ތަކެތި ގަތުމަށްޓަކާ އިއުލާނުކުރުމާއި ބީލަމަށް މައުލޫމާތު ދިނުމާއި ބީލަން ބަލައިގަތުން އަދި އިވެލުއޭޓްކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ހަމަޖައްސަވާ އުޞޫލަކުން ކުރިއަށް ގެންދިޔުން.
  9. ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މައުލޫމާތު ލަސްވެގެން ކޮންމެ ހަފްތާޔަކު އެއްފަހަރު ޑިޕާރޓްމަންޓް ވެރިޔާއާ މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި ، އެ ހަމަޖައްސާ އުސޫލާއި އެއްގޮތަށް އަމަލުކުރުން.
  10. އެކި ފެކަލްޓީ / ސެންޓަރ ، ކެމްޕަސް އަދި ޔުނިވަރސިޓީގެ ސެކްޝަންތަކަށް ހޯދޭ އާރޖެންޓް ތަކެތި ފިޔަވާ އާންމު ތަކެތި 07 ދުވަސް ތެރޭގައި ޤަވާއިދުން ޙަވާލުކުރަމުން ގެންދިޔުން. މީގެ އިތުރުން ނުގަނެވޭ ތަކެތީގެ ލިސްޓް އަދާހަމަކޮށް ބެލެހެއްޓުން.
  11. ގަނެގެން ގެނެވޭ ތަކެތި ފެންވަރު ބެލުމާއި، ފެންވަރު ރަގަޅު ތަކެތި ގަތުމަށް ބާރުއަޅާ މަސައްކަތްކުރުން.
  12. ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން އަދި ތަކެތި ވިއްކާ ފަރާތުގެ ކޮންޓެކްޓް މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
  13. އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ކެމްޕަސްތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  14. ރާއްޖެއިން ބޭރުން ޔުނިވަރސިޓީއަށް ގެނެވޭ މުދާ ކްލިއަރ ކުރުމާއި އެމުދަލެއް ހަވާލުކުރަން ޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.
  15. ކޮންޓްރެކްޓަރުންނަށް އެވޯޑްކުރެވޭ މަސައްކަތްތައް ނިމުމުން ތަކެތީގެ/މަސައްކަތުގެ ފެންވަރު ބެލުމަށްފަހު "ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް" ތައްޔާރުކުރުން.
  16. ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ޑިޕާރޓްމަންޓް ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 އޮކްޓޫބަރު 28 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ ކޮޕީ)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).

 

 

ނޯޓް:

 

  • މި މަޤާމަށް ކެނޑިޑޭޓަކު ހޮވުމުގައި މާލިއްޔަތު ޤަވާއިދަށް އަޙުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
21 އޮކްޓޫބަރު 2019
ހޯދާ