މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އަސްކަރީ ތަމްރީން

 

                        ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް  2019 އޮކްޓޫބަރު 20 ވަނަ ދުވަހުގެރޭ  18:00 އިން 2019 އޮކްޓޫބަރު 21 ވަނަ ދުވަހުގެ ހެނދުނު 06:00 އަށް ޅ. މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ މާފިލާފުށިން އިރު ދެކުނަށް 2900 މީޓަރު ދުރުމިނަށާއި 2900 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

21 ޞަފަރު 1441

20 އޮކްޓޫބަރު 2019

20 އޮކްޓޫބަރު 2019
ހޯދާ