މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި 10 ނޮވެންބަރު 2019 ވާ (އާދީއްތަ) ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާ 900 މީހުންނަށް ސައި ފޮދު ތައްޔާރުކޮށް ދިނުމާއި، މޭޒު،ގޮނޑި ޖަހައި، މޭޒު،ގޮނޑީގައި ފޮތި އަޅުވައި، އަދި ފެން ބަހައްޓައި ދޭނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                          ނަމްބަރ: IUL-10-F/10/2019/129

އިޢުލާން

  މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި 10 ނޮވެންބަރު 2019 ވާ (އާދީއްތަ) ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައި ގަންނަވާ 900 މީހުންނަށް ސައި ފޮދު ތައްޔާރުކޮށް ދިނުމާއި، މޭޒު،ގޮނޑި ޖަހައި،  މޭޒު،ގޮނޑީގައި ފޮތި އަޅުވައި، އަދި ފެން ބަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮކްޓޫބަރު 2019 ވާ  ބުދަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

20 އޮކްޓޫބަރު 2019
ހޯދާ