މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އަސްކަރީ ތަމްރީން

 

                        ދަންނަވާލުމެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2019 އޮކްޓޫބަރު 19 އިން 21 އަށް މި 03 ދުވަހުގެ  18:30 އިން 21:00 އަށް ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 2000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

18 ޞަފަރު 1441

17 އޮކްޓޫބަރު 2019

 

 

17 އޮކްޓޫބަރު 2019
ހޯދާ