ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ، ނާރސިންގ

 

މަޤާމް: ޑިރެކްޓަރ، ނާރސިންގ

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާގެ ހިންގުމުގެ ފަންތީގެ (ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތި) މަގާމެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާޢިރާގެ ހިންގުމުގެ ފަންތީގެ (ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތި) މަގާމެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހޮސްޕިޓަލުން ދެވެމުންދާ ނަރސިންގ ޚިދުމަތަކީ ، ރައްކާތެރި އަދި އެންމެ ރަނގަޅު ޚިދުމަތެއްތޯ އާއި ދެވޭ ޚިދުމަތަކީ ނަރސިންގ ޕްރޮފެޝަން އާއި ހޮސްޕިޓަލްގެ ގައިޑްލައިންސް އަދި ޕްރޮސީޖަރގެ ދަށުން ދެވޭ ޚިދުމަތެއްތޯ ޗެކްކުރުން
  2. ކުއްލިހާލަތެއް ދިމާވެއްޖެ ހިނެދެއްގައި ކޮންސަލްޓް ކުރަންޖެހޭ ޑިޕާރޓްމަންޓް އަކާ ކޮންސަލްޓް ކުރުމަށްފަހު ފިޔަވަޅު ނެގުން.
  3. ނާރސިންގް ސްޓާފްއަށް އެމާރޖެންސީ ޕްރޮސީޖަރ ޕްލޭން އިނގޭތޯ ބެލުމާއެކު، ނޭނގޭ މުއައްޒަފުންނަށް އެ ޕްރޮސީޖަރ ކިޔާދިނުން. އަދި  އެކަހަލަ ހާލަތެއް މެދުވެރިވެއްޖެ ހިނދު ކަންކުރެވިގެންދަނީ ރަނގަޅަށްތޯ ޗެކްކުރުން.
  4. ނަރުހުންގެ ހުރިހާ ޑިޕާޓްމަންޓްތަކެއް ގުޅިގެން ޓީމްއެއްގޮތުގައި މަސައްކަތް ކުރޭތޯ ބެލުމުގެ އިތުރުން ނާރސިންގެ ސްޓާފްގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ކުރިޔަށް ގެންދިއުން
  5. ކަސްޓަމަރުންގެ ޝަކުވާ ބެލުމަށްފަހު ހޮސްޕިޓަލްގެ ޕްރޮސީޖަރގެ ދަށުން އެ މައްސަލައެއް ހައްލުކުރުން. އަދި ކަސްޓަމަރުންނަށް ދެވެނީ ރަނގަޅު ހިދުމަތެއްތޯ ބެލުމާއިއެކު ކަސްޓަމަރުންގެ ހިޔާލު ހުރިގޮތް ބެލުމަށްފަހު އިތުރަށް ރަނގަޅުކުރެވެން ހުރިކަންތައް ސީނިއާ މެނޭޖްމަންޓްގެ މަޝްވަރާ އާއި އިރުޝާދުގެ މަތިން ކުރިއަށް ގެންދިއުން
  6. ހުރިހާ ސްޓާފުން މަސައްކަތް ކުރަމުން ގެންދަނީ އިންސިޑެންޓް ޕްރޮސީޖަރގައިވާ ގައިޑްލައިންސްއާ އެއްގޮތަށްތޯ ބެލުމާއިއެކު، ބަލިމީހުނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުން. އަދި ރިސްކް ކުޑަކުރަން ކުރެވެން ހުރި ކަންތަކުގެ އެކްޝަން ޕްލޭންއެއް ސީނިއާ މެނޭޖްމަންޓް އާއި ގުޅިގެން ތައްޔާރުކުމާއިއެކު ގާއިމްކޮށް ދެމެހެއްޓުން
  7. ބަޖެޓް ޕްލޭންކުރުމާއިއެކު ، އިންޗާރޖް ނަރުހުންގެ ޕާރފޯމަންސް ބެލުން.

މުސާރައާއި އިނާޔަތް :

މުސާރަ:                12700.00 ރުފިޔާ

ސަރވިސް އެލަވަންސް:       281.00 ރުފިޔާ (މަސައްކަތްކުރާ ދުވަހަކަށްޖެހޭ)

ކުރިމަތިލުމުގެ ސުންގަޑި: 24 އޮކްޓޯބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނުވަތަ 3350181 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 އޮކްޓޫބަރު 2019
ހޯދާ