ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް 4 ފެން ޕަންޕް (8 އިންޗި) އާއި 150 މީޓަރުގެ ހޮޅި (8 އިންޗި) ހޯދުމާއިބެހޭ

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް 4 ފެން ޕަންޕް (8 އިންޗި) އާއި 150 މީޓަރުގެ ހޮޅި (8 އިންޗި) ހޯދުމާއިބެހޭ

މިއިދާރާއަށް 4 ފެން ފަމްޕް (08 އިންޗި) އާއި 150 މީޓަރުގެ ހޮޅި (08 އިންޗި)  ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-U01/468/2019/177 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ ތަފްޞީލް:

     TECHNICAL SPECIFICATION OF MOVABLE DIESEL WATER PUMP

     No of pump sets Requires: 4 sets Pump & Engine

 

Pump

 

Type

self-priming sewage water pump

 

Outflow

325m3/h

 

head lift

20m

 

Suction lift

4-5m

 

Inlet diameter

(8inch (200mm

 

Outlet diameter)

(8inch (200mm

 

Casing material

cast iron HT250

 

Shaft material

2Cr13

 

impeller material

Nodular cast iron

 

Engine

 

Rated Output(KW)

46kw

 

Rated Speed

r/min) 1500rpm)

 

Starting Method

12V DC Electric motor

 

Cooling Method

water cooling

 

Governing Method

mechanical governing

 

Intake Method

natural aspiration

 

Bore/stroke

105/120mm

 

Cylinders

4

 

Trailer  

 

Tyres 

2pcs

 

Support foot

4pcs

 

Tank capacity

80L

 

load

2000KG

 

Pipe

(High Pressure Rubber Pipe Flexible & durable)

 

Pipe length

Total length of the pipe: 150 meters

 

(Length per piece: 10 meters (Total Pieces 15

 

Pipe Diameter

Inside diameter 200 mm

 

Outside diameter 225 mm

 

Pleasure capacity

200 Kpa

 

Material

Natural rubber, Steel wire pulp, Flexible & durability

 

Accessories

 

 

Quick Connector (male Female)

Pre connected to each pipe end (15 sets

(Metal Connectors)

Inlet Pipe (steel pipe)

Length 3.75 meters

 

Diameter: As per the Pump inlet size

 

Water pump connection

(Metal Flanges & Elbows)

 

Inlet Flange 4 pieces (Diameter; As per the Pump inlet size)

 

Outlet Elbow 4 pieces (Diameter; As per the Pump outlet size)

 

         

މާކްސްދޭނެގޮތް.

އަގަށް       

65%

(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ޑެލިވަރީ މުއްދަތު  

10%

(އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ތަޖުރިބާ       

15%

(ދައުލަތުގެ މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް)

މާލީ ޤާބިލްކަން   

10%

(އެކައުންޓް ސްޓޭޓްމެންޓަށް ބަލައިގެން)

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް.

- އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ 4 ފެންޕަންޕާއި 150 މީޓަރ ހޮޅީގެ އަގު ވަކިންނެވެ. އަދި މި ތަކެއްޗަށް 1 އަހަރުގެ ސާވިސް ވޮރެންޓީ ދޭންވާނެއެވެ.

- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.

- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.  

ހުށަހަޅަންޖެހޭ ތަކެތި. 

- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

- މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(

- ޓެކްސް ކްލިއަރެންސް ރިޕޯރޓް.

- ބީލަން ހުށަހަޅާ ފަރާތަކީ، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަދި، މިއިދާރާގެ ދަށުން ހިނގަމުންދާ އެއްވެސް އިދާރާއެއްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ ނުވަތަ މިއިދާރާގެ އެއްވެސް އޮފީހެއްގައި ވަޒީފާ އަދާކުރާ ފަރާތެއްނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުޅަނާޅާ ހުއްޓާ އެކަން އެނގިއްޖެނަމަ އިތުރު އެންގުމަކާ ނުލައި އެ ބީލަން ބާޡިލްކުރެވޭނެއެވެ.

- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

            (ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

            (ށ) ފުރިހަމަ އެޑްރެސް:

            (ނ) ފޯން ނަންބަރ:

            (ރ) އީމެއިލް އެޑްރެސް:

            (ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު

            (ޅ) ރަޖިސްޓްރީ ނަންބަރ

            (ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :

            (އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:

            (ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ

            (މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ

            (ނ) އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުން.

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ. 

" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"

ފުވައްމުލައް.

ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6860001،6862829، 6862828         އީމެއިލް: [email protected]  

 

 

17 އޮކްޓޫބަރު 2019
ހޯދާ