ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވުސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) އިން އިސްލާމްދީނާއި މާތް ނަބިއްޔާ މުހައްމަދު ﷺ ފުރައްސާރަކޮށްފައިވާތީ ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލުން މި ފަސާދައިގެ ޢަމަލު ކުއްވެރިކުރުން

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

"ޕްލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވުސް" ގެ ނަމުގައި އެމް.ޑީ.އެން އިން ނެރުނު ރިޕޯޓްގައި މާތްވެގެންވާ އިސްލާމް ދީނަށާއި މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ  އަށް ފުރައްސާރަކޮށް، ކީރިތި ޤްރުޢާނުގެ ނައްސުން ސާބިތުވާ ކަންތައްތަކަށް ފާޅުގައި އިންކާރުކޮށްފައިވާތީވެ މިހަޑިމުޑުދާރު އަމަލު ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލުން އަދި ފިޔޯރީގެ އެންމެހާ ރައްޔިތުން، މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.  

މި އަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 2003/1 ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 94/6 ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 617 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައި ވާ ފަދަ އަމަލުތަކެއް ކަމަށް ވީހިނދު، މި ކުށްތަކަށް ދަޢުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކައި މެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށާއި މިފަދަ ޢަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދަޢުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކަށް އިލްޠިމާސް ކުރަމެވެ.  

މާތް ﷲ އިސްލާމީ އުންމަތައް ނަސްރާއި ކާމިޔާބު މިންވަރު ކުރައްށި! އާމީން. 

16 އޮކްޓޫބަރު 2019
ހޯދާ