މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އއ.އުކުޅަސް ފެރީ ޓާމިނަލް ގޯތީގައިވާ ހުސްބިން ވިޔަފާރި އުސޫލުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

އުކުޅަސް ފެރީ ޓާމިނަލް ގޯތީގެ ސަރަހައްދުގައި ޓާމިނަލްގެ އިރުއުތުރަށް އޮތް ހުސްބިމާއި، ޓާމިނަލުގެ ބަދިގެއަށް ހަމަޖައްސާފައިވާ ބައި ވިޔަފާރި އުސޫލުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާން ނަންބަރު MTCC-PD/IU/2019/00134 ( 08 އޮގަސްޓް 2019 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި  ނުވާތީ އެއިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

         ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 އޮކްޓޯބަރ 30  ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

16 އޮކްޓޫބަރު 2019
ހޯދާ