ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް

މަޤާމު:

ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް

ރޭންކު:

CSC6-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

ކޮމިޝަނަރސް ބިއުރޯ

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސް، ކޮމިޝަނަރސް ބިއުރޯ އަދި ޕަބްލިކް ރިލޭޝަންސްގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން

މުސާރަ:

މަހަކު -/11390 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3986.5 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

އިންޓަރނޭޝަނަލް ރިލޭޝަންސް، ފޮރިން ރިލޭޝަންސް، އިންޓަރނޭޝަނަލް ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް ނުވަތަ ގްލޯބަލް ސްޓަޑީޒްގެ ރޮނގުން މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައި ވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސް، ފޮރިން ރިލޭޝަންސް، އިންޓަރނޭޝަނަލް ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް ނުވަތަ ގްލޯބަލް ސްޓަޑީޒްގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

އިންޓަރނޭޝަނަލް ރިލޭޝަންސް، ފޮރިން ރިލޭޝަންސް، އިންޓަރނޭޝަނަލް ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް ނުވަތަ ގްލޯބަލް ސްޓަޑީޒްގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ފޮރިންރިލޭޝަން އާގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން
  2. ސިވިލް ސަރވިސް ކޮމިޝަނުން ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެގޮތަށް ސިޔާސަތުތަކާއި ސްޓުރެޓެޖީސްތައް އަދި އެއާ އެއްގޮތަށް މަސައްކަތްތައް ރާވައި ތަންފީޒުކުރުން
  3. ދިވެހި ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތާއި ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ މިފަދަ އެހެން ކޮމިޝަން/ އިދާރާތަކާއެކު ގުޅުން ޤާއިމުކުރުމާބެހޭ މަސައްކަތްތައް ކުރުން
  4. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ އެކިއެކި ފުރުޞަތުތަކާއި އެހީތެރިކަން ހޯދުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން
  5. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެހީއާއި ވަޞީލަތްތައް ހޯދުމަށް މަސައްކަތްކުރުން
  6. ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގޭ ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން
  7. ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާ (މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް) ތައްޔާރުކުރުމާ އެފަދަ އެމް.އޯ.ޔޫތައް ތަންފީޒުކޮށް ބެލެހެއްޓުން
  8. ކޮމިޝަނަރސް ބިއުރޯ އަދި ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އާއި ފްރޮންޓް އޮފީސް ހިންގުމުގެ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވައި، ހިންގައި، ބެލެހެއްޓުން
  9. އިންޓަރނޭޝަނަލް ރިލޭޝަންސް އާއި ކޮމިޝަނަރސް ބިއުރޯ، ޕަބްލިކް ރިލޭޝަންސް އާއި ފްރޮންޓް އޮފީހުގެ މަސައްކަތް ރާވައި ބެލެހެއްޓުމަށް ބޭނުންވާ އަހަރީ ވާރކް ޕުލޭން ތައްޔާރުކޮށް ތަންފީޒުކުރުން
  10. ޙަވާލުކުރެވިފައިވާ ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ކުރާނުކުރާގޮތް ދުވަހުން ދުވަހަށް ބަލައި ސުޕަރވައިޒުކުރުން
  11. އިންޓަރނޭޝަނަލް ރިލޭޝަންސް އާއި ޕަބްލިކް ރިލޭޝަންސް އާއި ކޮމިޝަނަރސް ބިއުރޯ އަދި ފްރޮންޓް އޮފީހުގެ މަސައްކަތްތައްކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމަށްޓަކައި މި ކަމުގެ މަޢުލޫމާތު ކޮންމެ އަހަރަކު އެއްކޮށް ބަޖެޓް ސެކްޝަނަށް ހުށަހެޅުން
  12. އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ހަވާލުކުރެވޭ ސެކްޝަންތަކުގެ މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ކަންކަމަށް ޓައިމްލައިންތައް ކަނޑައަޅާ އެއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދޭތޯ ބަލައި ޗެކްކުރުން
  13. ސެކްޝަންތަކުގައި ކުރިޔަށްގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަމަށް ބަދަލުގެނެސް ހަލުވިކަމާއި ހަރުދަނާކަމާއެކު ހިންގަމުން ގެންދިއުން
  14. ކޮމިޝަނާއި އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުންތައް އަދި މެންބަރުންގެ އެޕޮއިންޓްމެންޓްތައް ހަމަޖެއްސުމުގައި އެ މަސައްކަތް ކުރާ މުވައްޒަފަށް/ މުވައްޒަފުންނަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުން އަދި އެ މަސައްކަތް ރަނގަޅަށް ކުރިއަށްދޭތޯ ސުޕަވައިޒްކުރުން
  15. މޮނިޓަރކޮށް ސުޕަވައިޒްކުރުމަށް ހަވާލުކުރެވޭ ސެކްޝަންތަކުން ކުރާ މަސައްކަތްތައް ކުރެވެމުންދަނީ ރަނގަޅަށްތޯ ކަށަވަރުކުރުމުގެ ގޮތުން މަހަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލައި ސެކްރެޓަރީ ޖެނަރަލްއާ ޙިއްސާކުރުން
  16. ކަނޑައެޅިފައިވަ މުއްދަތުގެ ތެރޭގައި، ސެކްޝަންތަކުގެ މުވައްޒަފުންގެ ޕަރފޯމަންސް ޓާގެޓްތައް ކަނޑައަޅައި ޕަރފޯމަންސް އެޕްރައިސަލް ތައްޔާރުކުރުމާއި ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދުދިނުން
  17. ޙަވާލުކުރެވިފައިވާ ސެކްޝަންތަކަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ޙިއްސާކުރުން
  18. ސެކްޝަންތަކުގެ އިސްވެރިޔާގެ ޙައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރުން
  19. ޙަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން
  20. ކޮމިޝަނުގެ އިދާރާގެ އަދި ޑިވިޝަން/ ސެކްޝަންތަކުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކާ ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
  21. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނަރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން
  22. ކޮމިޝަނުގެ އެންމެ އިސްފަރާތެއްގެ ގޮތުން ރިޔާސަތާއި ހަވާލުވެވަޑައިގެން ހުންނަވާ ރައީސްދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން އައި.އާރުގެ މަސައްކަތްތަކާއި ކޮމިޝަނުގެ ބިއުރޯގެ މަސައްކަތްތައް އަދި ޕަބްލިކް ރިލޭޝަންސް އާއި ފުރަންޓް އޮފީހުގެ މަސައްކަތްތައް ރުކުރުވާލައި ހިންގާ ބެލެހެއްޓުން
  23. ސިވިލް ސަރވިސްއިން މެންބަރެއްގެ ގޮތުން ބައިވެރިވެ ޙަރަކާތްތެރިވާ ހުރިހާ ބޭރުގެ ޖަމްއިއްޔާތަކާ ބަހައްޓަންޖެހޭ ގުޅުން ބެލެހެއްޓުމާއި އަދި އެފަދަ ޖަމްއިއްޔާތަކުން އިންތިޒާމުކުރާ ކޮންފަރެންސް/ސެމިނަރ/ތަމްރީނުތަކުގައި ކޮމިޝަނުން ބައިވެރިވުމުގެ ކަންތައްތައް ބެލެހެއްޓުން
  24. ކޮމިޝަނުގެ މެންބަރުންނައި ސްޓާފުން އަދި ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން ކޮމިޝަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ކަންތައްތައް ބެލެހެއްޓުން
  25. ޕަބްލިކް ރިލޭޝަންސް ސެކްޝަނުން ރާވައި ހިންގާ ކޮމިޝަނުގެ ޚާއްސަ މަސައްކަތެއް ކަމުގައިވާ އީޖާދީ އިނާމުގެ ކަންތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން
  26. ރާއްޖެއިން ބޭރުގެ ކަންކަމުގައި ކޮމިޝަނުގެ ފަރާތްތަކާއި ކޮމިޝަން މެދުވެރިވެގެން ބައިވެރިވާ ފަރާތްތައް އެކަމެއް ނިމިގެން އައުމަށްފަހު އެ ކަމެއް ހިނގާދިޔަ ގޮތާއި ބައިވެރިވި ފަރާތުގެ ބައިވެރިވުން ދިޔަގޮތުގެ މައްޗަށް އަދި އެކަމަކާ ގުޅިގެން ދެންކުރަންޖެހޭ ކަންކަން ބަޔާންކޮށް ހުށަހަޅަންޖެހޭ ރިޕޯރޓް ގަވާއިދުން ލިބޭތޯ ބަލައި ޗެކުކުރުން
  27. ބޭރުގެ ޖަމްއިއްޔާތަކުގައި މެންބަރެއްގެ ގޮތުން ކޮމިޝަނުން ބައިވެރިވާ ޖަމްއިއްޔާތަކަށް ދައްކަންޖެހޭ އަހަރީ ޗަންދާއެއް އޮތް ނަމަ އެ ދެއްކުމުގެ ކަންތަކާއި ފޮނުވަންޖެހޭ ރިޕޯރޓެއްވާ ނަމަ އެ ކަން ރަނގަޅަށްދޭތޯ ބަލާ ޗެކްކުރުން
  28. ކޮމިޝަނުގެ ވެބްސައިޓުގައި ޚަބަރާއި މަޢުލޫމާތު އަދި ރިޕޯރޓުތައް އަޕްލޯޑުކުރެވި ރަނގަޅަށް ދުވަހުން ދުވަހަށް މަސައްކަތް ކުރެވޭތޯ ބަލައި ޗެކްކުރުން
  29. ކޮމިޝަނާއި އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުންތަކާއި އެހެންވެސް ފަރާތްތަކާ ބެހޭ ބައްދަލުވުންތައް ރަނގަޅަށް އިންތިޒާމުކުރެވި، ބައްދަލުވުމަށް ބޭނުންވާ ޑޮކިއުމަންޓްތައް ދުރާލައި ތައްޔާރުކުރޭތޯއާއި ޔައުމިއްޔާ ތައްޔާރުކުރޭތޯ ބަލައި ޗެކުކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

24 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ: 20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު، ފެންވަރު، ގާބިލުކަން އަދި ސިފަ (ކަނޑައަޅާފައިވާ އިންސައްތަ: 65)
    • އެޕްޓިޓިއުޑް ޓެސްޓް - 10 އިންސައްތަ
    • ޤާނޫނާއި ގަވާއިދު ޓެސްޓް - 10 އިންސައްތަ
    • ހިންގުމުގެ ހުނަރު ޓެސްޓް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް 2019 އޮކްޓޫބަރު 25 ން 2019 ނޮވެންބަރު 21 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307307 ނުވަތަ 3307358 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

17 ޞަފަރު 1441ހ

16 އޮކްޓޫބަރު 2019                               

16 އޮކްޓޫބަރު 2019
ހޯދާ