އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަވަށުން 2 ބިން ކުއްޔަށް ދޫކުރުން

އިޢުލާން

އައްޑޫސިޓީގެ ހިތަދޫ އަވަށުގެ މިދަންނަވާ 2 ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

#

ބިން އޮތް ތަން

ބިން ދޫކުރެވޭ ބޭނުން

1

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗުގެ އިރުން ޗެކާރސް އާއި ދެމެދު އޮތް 4000 އަކަފޫޓުގެ ކުލީ ބިން

އަންހެނުންނަށް ޚާއްސަކުރެވޭ ޖިމެއް ތަރައްޤީކުރުމަށް.

2

ހިތަދޫ ހިއްކިބިން ސަރަހައްދުގެ 468 ނަންބަރު ބްލޮކްގައިވާ 51 ނަންބަރު 4000 އަކަފޫޓުގެ ކުލީ ބިން) "އެފެސް ކޭކްސް" ގެ އުތުރުން އޮތް ބިން )

ޢާއްމު ވިޔަފާރިއަށް

 
މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 އޮކްޓޯބަރ 17އިން 28ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

ކޮންމެ ބިމަކަށް ވިއްކާނީ ވަކި ބިޑު ފޯމެކެވެ.  ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ 2019 އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހު 11:00ގައި ކައުންސިލްގެ އިދާރާގައެވެ.

މިބިންތައް ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

17 ޞަފަރު  1441

16 އޮކްޓޫބަރު 2019
ހޯދާ