މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަންދޫ ކައުންސިލް އިދާރާއަށް އެސިސްޓެންޓް ޕްލޭނިންގ އޮފިސަރެއް ހޯދުން

 

މަޤާމު:

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަމްބަރު:

J-317046

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ށ. މިލަންދޫ ކައުންސިލުގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ:

4465.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 1.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން ބޭސްފަރުވާގެޚިދުމަތް.

 2.   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.

 3.   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެފައިސާ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

  1. ބިމުގެ ބަޖެޓް ހެދުމުގެ މަސައްކަތްކުރުމާއި ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން
  2. މީހުން ދިރިއުޅުމަށް ދޫކުރާ ގޯތިތަކާއި، ވިޔަފާރި ބިންތަކާއި، އޮޑިހަރުގެވަޅުތައް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ ޕްލޭންތައްކުރުމާއި މޮނީޓަރކުރުން،
  3. މަސައްކަތްތަކާއި ގުޅިގެން ޖަވާބުދާރީވާން ޖެހޭ އެންމެހާ ލިޔެކިޔުންތަކަށް ޖަވާބުދާރީވުމާއި ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން،
  4. އިދާރާގެ މެންޑޭޓުގައި ހިމެނޭ އެކިއެކި ޕްރޮޖެކްޓްތައް ޕްލޭން ކުރުމުގައި އިސްވެ ޙަރަކާތްތެރިވުމާއިއެކު އެފަދަ ކަންކަން ޕްލޭންކުރުމުގައި ރައްޔިތުންނަށާއި، އިދާރާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭގޮތަށް ކަންކަން ރާވާ ހިންގުން،
  5. ކައުންސިލުގެ އިދާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކޮށް ހިންގުން،
  6. ކައުންސިލުން ހިންގުމަށް ރާވާ އެކިއެކި މަޝްރޫޢުތަކާއި ޕްލޭންތައް ރޭވުމާއި އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުން،
  7. ކައުންސިލުގެ ވާރކްޕްލޭން ތައްޔާރުކުރުމާއި ކައުންސިލުގެ ވާރކް ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުން،
  8. ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި މިނޫނަސް ކައުންސިލުގެ އިދާރާއިން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތަކަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން،
  9. ބޯހިމެނުންފަދަ ޕްލޭނިންގ އާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، ރަށުގައި އުޅޭ ބިދޭސީންގެ ރަޖިސްޓްރީއާއި މިނޫނަސް ތަފާސް ހިސާބާއި ގުޅިގެން ދަފްތަރުކޮށް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ބެލެހެއްޓުން،

10. މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ  މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ  އެހެނިހެންކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތު:

  1. ސާނަވީ ނުވަތަ އެއާއެއްފެންވަރު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ:

 

  1. ޕްރޮޖެކްޓް މެނޭޖުމަންޓް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމަށް ބަލައިގެން.
  2. މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން.
  3. "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ގެ މާރކްސް އަށް ބަލައިގެން.
  4. މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާއަށް ބަލައިގެން.
  5. އިންޓަވިއު އަދި ޕްރެކްޓިކަލްސްގެ މާރކްސްއަށް ބަލައިގެން.

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ %45 (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމު ށ.މިލަންދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅާނީ 2019 އޮކްޓޯބަރ 28 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ށ.މިލަންދޫ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ.މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދު ހަމަވަންދެން ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއުއަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2019 ނޮވެމްބަރ 04 އާއި 2019 ނޮވެމްބަރ 10 އާއި ދެމެދު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަވިއުއަށް އަދި ޕްރެކްޓިކަލް ޓެސްޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540063 ނަންބަރު ފޯނާއެވެ.   އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

16 އޮކްޓޫބަރު 2019
ހޯދާ