މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކަށް ފޮނުވަންޖެހޭ 24 އެމްބިއުލާންސް އެ ރަށްތަކަށް ފޮނުވަދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

  އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކަށް ފޮނުވަންޖެހޭ 24 އެމްބިއުލާންސް އެ ރަށްތަކަށް ފޮނުވަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެނދުނުު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެނދުނުު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

17 ސަފަރު 1441

16 އޮކްޓޫބަރު 2019
ހޯދާ