ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ލ.މުންޑޫ ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކާ ގުޅޭ:

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ލ.މުންޑޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު 14 އޮކްޓޯބަރ 2019 އިން ފެށިގެން 04 ނޮވެމްބަރ 2019 ވާ ހޯމަދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލަމެވެ. ފޯމު ހުށައަޅާފަރާތްތަކުގެ ތެރެއިން ހައުންސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ، އެކަމަށް އެދޭ ފަރާތްތަކުގެ މެދުގައި ޕޮއިންޓް ދިނުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ހޮވޭނެ ޢުޞޫލުންނެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިކަމާ ގުޅޭ ގޮތުން ޢާއްމުކޮށްފައިވާ ޢުޞޫލުގެ 8ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް ތިރީގައިއެވަނީއެވެ.

     ޢުމުރުން 18އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތެއްނަމަ                             07 ޕޮއިންޓް

     ޢުމުރުން 30 އަހަރުން މަތީގެ ފަރާތެއް ނަމަ                               10 ޕޮއިންޓް

     ޢުމުރުން 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ                                    05 ޕޮއިންޓް

     ޢުމުރުން 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް       04 ޕޮއިންޓް

      (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

     ދާއިމީގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ބަލަމުން ގެންދާނަމަ                05 ޕޮއިންޓް

     ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ އެއްފަރާތަށްވުރެ ގިނަފަރާތް ބަލަމުން ގެންދާނަމަ މީހަކަށް 04 ޕޮއިންޓް

      (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

ޕޮއިންޓް އުނިކުރުން:

      އަނބިމީހާ ނުވަތަ ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައިވުން                      25 ޕޮއިންޓް

           

            މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދެވޭނީ އެފަރާތަކަށް ލިބިފައިވާ ގޯތީގައެވެ. އަދި ގޯތި ނެތް ފަރާތްތަކަށް ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކުން ބިން ހަމަޖެއްސުމަށްފަހު އެބިމެއް އެފަރާތަކާއި ޙަވާލުކުރުމަށްފަހު އެބިމުގައި ހައުސިންގ ޔުނިޓް ޢިމާރާތްކުރެވޭނެއެވެ.  

            ގޯތި މާނަކުރެވިފައިއެވަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގެ ތެރެއިން ޢިމާރާތްނުކުރެވި ހުރި ގޯތިތަކާއި، ޢިމާރާތްކުރުމަށް ފަށައި ދިރިއުޅެވޭ ފެންވަރަށް ހަދައި ނުނިމި ގިނަދުވަސްވެފައިވާ ގޯތިތަކާއި، ގޯތީގައި ދިރިއުޅުނުކަމުގައި ވިޔަސް ދާއިމީ ބޯހިޔާވަހިކަމަކަށް ނުފެތޭ ފެންވަރުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ގޯތިތަކާއި، ވާރުތައިން ލިބިފައިވާ ބައިން އެމީހާގެ ނަމުގައި ރަޖިސްޓްރީވެ، ޢިމާރާތްނުކުރެވި ނުވަތަ ޢިމާރާތްކުރުމަށްފަށައި ދިރިއުޅެވޭ ފެންވަރަށް ހަދައިނުނިމި ގިނަ ދުވަސްވެފައިވާ ގޯތިތަކެވެ.

            ވީމާ މިމަޝްރޫޢުގެ ދަށުން ލ.މުންޑޫގައި ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހައުސިންގ ޔުނިޓަކަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރައްވައި، ފޯމާއި އެކު ހުށައަޅަންޖެހޭ ތަކެއްޗާއިއެކު 04 ނޮވެމްބަރ 2019ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށައަޅުއްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިއަދުން ފެށިގެން މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 6800714 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

14 އޮކްޓޫބަރު 2019
ހޯދާ