ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫގެ އިޖުތިމާޢީ މަރުކަޒަށް ބައެއް ތަކެތި ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫ އިޖުތިމާޢީ މަރުކަޒަށް ބައެއް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ޑޮކިއުމަންޓްސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

15 އޮކްޓޯބަރ 2019 އިން 22 އޮކްޓޯބަރ 2019 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:45 ގައި ހއ. ދިއްދޫ އިޖުތިމާޢީ މަރުކަޒުގައި

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:15 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި

 

މި ޕްރޮޖެކްޓާގުޅޭ ބީލަން ޑޮކިއުމަންޓްސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ. އަދި މި އިދާރާގެ ނަންބަރ: IUL)251-MS/251/2019/70) އިޢުލާން ބާޠިލްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

15 އޮކްޓޫބަރު 2019
ހޯދާ