އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮބިން ކުއްޔަށް ދޫކުރުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

  ދިގުރަށް، ދިވެހިރާއްޖެ.                                         

                                    ނަންބަރު:353/2019/25

 

އިޢުލާނު

 

ތެލުގެ ވިޔަފާރިކުރުމަށް 3 ބިން ކުއްޔަށް ދިނުން

 

    މިކައުންސިލް އިދާރާގެ ނަންބަރު: 353/2019/23 (22 އޮގަސްޓް 2019) އިޢުލާނާއިގުޅިގެން ތެޔޮބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅި ބީލަންތައް ކާމިޔާބުކުރިފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކާފައިނުވާތީ، އެފަރާތްތަކަށް އެވޯޑުކުރެވިފައިވާ ބީލަންތައް ބާޠިލުކުރުމަށްފަހު އަލުން  އެބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން މި އިޢުލާނުގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މިރަށު އޮއިކޮޅު ސަރަޙައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ (އުތުރުން ދެކުނަށް) ބިން ނަންބަރު 1، ބިން ނަންބަރު 2 އަދި ބިން ނަންބަރު 3 އަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމުގެ ގޮތުން އިޢުލާނުކުރަމެވެ.

ބީލަންހުށަހެޅުމާބެހޭ މަޢުލޫމާތު:

  1. ބީލަން ހުށަހަޅަންވާނީ މިކަމަށް ތައްޔާރުކޮށްފައިވާ " ތެޔޮބިމުގެ ބީލަން ފޯމު " ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ. މީލަން ފޯމު ރަސްމީގަޑީގައި ކައުންސިލް އިދާރާއިން -/200 ރ ( ދުއިސައްތަ ) ރުފިޔާއަށް ގަންނަން ލިބެން ހުންނާނެއެވެ.
  2. ބީލަންތައް ބަލައިގަނެވޭނީ ބިޑްސެކިއުރިޓީއެއްގެ ގޮތުގައި -/15000 ރ (ފަނަރަހާސް ) ދިވެހި ރުފިޔާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ބީލަން ކާމިޔާބު ކުރާފަރާތުން ބީލަން ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުން އެކުލަވާލުމުގެ ކުރިން ކައުންސިލަށް ދައްކަންޖެހޭ ކުރިއަށް ހިނގާމަހުގެ ކުލި، މުއްދަތަށް ނުދައްކައިފިނަމަ، ބިޑްސެކިއުރިޓީގެ ގޮތުގައި އެފަރާތުން ދައްކާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
  3. ބީލަންތައް ކާމިޔާބު ނުވާފަރާތްތަކުން ބިޑްސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ، ބިޑް އޯޕަންކުރާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި އެފަރާތްތަކާއި ޙަވާލުކުރެވޭނެއެވެ. އަދި ބީލަން ކާމިޔާބުކުރިފަރާތަށް ބިން ޙަވާލުކުރާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަހުގެތެރޭގައި އެފަރާތުން ބިޑްސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ އަނބުރާ ޙަވާލުކުރެވޭނެއެވެ.
  4. ތެޔޮބިންތަކުގެ ބީލަންތައް ކާމިޔާބުކުރާ ފަރާތްތަކުން އޮއިކޮޅު ހިނގުން މަގުގެ ނޯތުވިއު ގޯތީގެ އުތުރަށް އޮންނަ ސަރަޙައްދު ސާފުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ބީލަން ކާމިޔާބުކުރާ ކޮންމެ ފަރާތަކުންވެސް ސާފުކުރަންޖެހޭނީ މަގުގެ ދިގުމިނުން 3 ބައިކުޅަ 1 ބައެވެ.
  5. ތެޔޮބިންތަކަށް އެންމެ ކުޑަވެގެން ހުށަހެޅޭނީ އަކަފޫޓަކަށް މަހަކު 80 ލާރިއެވެ. އަކަފޫޓަކަށް މަހަކު 80 ލާރިއަށްވުރެ ކުޑަކޮށް ކުލި ހުށަހަޅާފައިވާ ބީންތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.
  6. ބީލަންތައް އިވެލުއޭޓްކުރުމުގައި ބަލާނީ ފުރަތަމަ 5 އަހަރަށް ބިމުކުލީގެ ގޮތުގައި މަހަމަށް ހުށަހަޅާފައިވާ ފައިސާގެ ޢަދަދަށް 40%، ދެވަނަ 5 އަހަރަށް ބިމުކުލީގެ ގޮތުގައި މަހަކަށް ހުށަހަޅާފައިވާ ފައިސާގެ ޢަދަދަށް %40 އަދި ސީ.އެސް.އާރުގެ ގޮތުގައި، ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓުމަށް މަހަކަށް ހުށަހަޅާފައިވާ ފައިސާގެ ޢަދަދަށް %20 އެވެ.
  7. ބީލަންތައް އިވެލުއޭޓްކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބިފައިވަނީ އެއްފަރާތަށްވުރެ ގިނަފާރާތަށްނަމަ، ބީލަން ކާމިޔާކުރާފަރާތް ހޮވާނީ އެ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތައް ތަމްޞީލުކުރާ ފަރާތްތަކުގެ ޙާޟިރުގައި ގުރުއަތުލައިގެންނެވެ. ބީލަންތައް އިވެލުއޭޓްކުރާނީ ކޮންމެ ބިމެއްގެ ބީލަން ވަކިންނެވެ.
  8. ބީލަންތައް އިވެލުއޭޓްކުރުމަށްފަހު ފުރަތަމަ އެންމެމަތިން ޕޮއިންޓް ލިބޭފަރާތުން ބީލަން ދޫކޮށްލައިފިނަމަ، 2 ވަނައަށް އެންމެމަތިން ޕޮއިންޓްލިބިފައިވާ ފަރާތަށް ބިން އެވޯޑުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
  9. ކައުންސިލުން ކުއްޔަށް ދޫކުރާ ތެޔޮބިންތަކުގައި ތެލުގެ ބާވަތްތައް ވިއްކުމާއި ގުދަންކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަދި އެ ބިންތަކުގައި ތެލުގެ ބާވަތްތަކުގެ ވިޔަފާރިކުރަންވާނީ ޤަވާއިދުން ހުއްދަ ނަގަންޖެހޭފަރާތްތަކުން ހުއްދަނަގައިގެންނެވެ.
  10. ތެޔޮބިންތައް ކުއްޔަށް ދޫކުރާ މުއްދަތަކީ މީލާދީ 10 އަހަރެވެ. ބިން ޙަވާލުކުރުމުގެކުރިން ތެޔޮބިން ކުއްޔަށް ނަގާފަރާތާއި ކައުންސިލާދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.
  11. ތެޔޮބިން ކުއްޔަށް ނެގިފަރާތުން އެހެންފަރާތަކަށް ކުއްޔަށް ދޫކުރެވިދާނެއެވެ. ނަމަވެސް ކައުންސިލަށް ކުލިދެއްކުމާއި ބިމާބެހޭ އެހެނިހެން ކަންކަމުގައި ކައުންސިލުން މުޢާމަލާތްކުރާނީ ބިން ކުއްޔަށް ނެގިފަރާތާއެވެ.

      ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފުރިހަމަކޮށްފައިވާ "ތެޔޮބިމުގެ ބީލަން ފޯމް" ހިފައިގެން ކައުންސިލް އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބީލަން ފޯމް ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

      16 ޞަފަރު  1441

      15 އޮކްޓޫބަރު 2019

 

                               ޢުޘްމާނު ޢީސާ

                                ކައުންސިލްގެ ރައީސް

15 އޮކްޓޫބަރު 2019
ހޯދާ